ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 07:29
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ހުރިހާ ކްރެޑިޓެއް އޮތީ ކުޅުންތެރިންނަށް، ކުރިއަށް އޮތް މެޗަށް ތައްޔާރުވާނީ މާރަނގަޅަށް: ސައުތުގޭޓް
 
މެޗުގެ ފަހު ހިސާބުގައި އީރާނުން ދެ ލަނޑު ޖެހިކަން ފާހަގަކޮށް ސައުތުގޭޓް ބުނީ އިންގްލެންޑުން ބައެއް ކަންކަން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އީރާން އަތުން މޮޅުވުމުން އެކަމުގެ ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިންނަށް ކަމަށް އިންގްލެންޑުގެ ކޯޗު ގެރެތް ސައުތުގޭޓް ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ 6-2 އިން އީރާން ބަލިކޮށް އުންމީދުގެ ފެށުމަކުން މުބާރާތް ފައްޓާފައެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އީރާނަކީ އެމީހުން ކައިރީގައި ލަނޑު ޖަހަން އުނދަގޫ ޓީމެއް ކަމަަށާއި، ނަމަވެސް ބޮޑު މޮޅެއް ހޯދުމުން ހުރިހާ ކްރެޑިޓެއް އޮތީ ކުޅުންތެރިންނަށް ކަމަށެވެ. ނަމަވެސް މެޗުގެ ފަހު ހިސާބުގައި އީރާނުން ދެ ލަނޑު ޖެހިކަން ފާހަގަކޮށް ސައުތުގޭޓް ބުނީ އިންގްލެންޑުން ބައެއް ކަންކަން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް އެމެރިކާގެ މެޗަށް ކުރިމަތިލާނީ އެކަންކަން ރަނގަޅުކޮށް، ފުރަތަމަ މެޗަށްވުރެ ވެސް ވަރުގަދަ ކޮށް ކަމަށެވެ. ސައުތުގޭޓް ވަނީ މެޗުގައި އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މި ޕްރެސްގައި ވެސް ސައުތުގޭޓް ވަނީ ކެޕްޓަން ބޭންޑުގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެއީ ފީފާގެ އުސޫލެއް ކަމަށާއި، އެކަމަށް އޭނާ އިހުތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް މި ވަގުތު ކެޕްޓަން ބޭންޑުގެ ވާހަކަ ދެއްކުމަށް ވުރެ، ފުޓުބޯޅަ އަށް ސަމާލުކަން ދިނުން މުހިންމުކަަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ސައުތުގޭޓް ބުނީ އޭނާ އާއި ކުޅުންތެރިންގެ ހުރިހާ ވިސްނުމެއް ހުރީ ކުރިއަށް އޮތް މެޗުތަކަށް ކަމަށެވެ. އޭނާ ބުނީ އެ މެޗުތަަކަށް ނުކުންނައިރު، އެއްވެސް ކަހަލަ ނުތަނަވަސްކަމެއް އޮންނަން ބޭނުންނުވާ ކަމަށެވެ.

އިންގްލެންޑަށް ދެން މުބާރާތުގައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
33%
33%
33%
ކޮމެންޓް