ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 16:23
ވޭލްސްގެ ކޯޗު ރޮބް ޕޭޖް
ވޭލްސްގެ ކޯޗު ރޮބް ޕޭޖް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އެމެރިކާ މެޗުގައި ރިސްކެއް ނަގަން ވޭލްސްގެ ކޯޗު ޕޭޖް ބޭނުމެއް ނުވޭ
 
ޕޭޖް ބުނީ ޓީމުގެ މިޑްފީލްޑަރު ޔޯ އެލެން އަށް ކުޅުމުގެ ފުރުސަތު ލިބޭތޯ ބަލާނެ ކަމަށް އޭނާ ކުރިން ބުނި ކަމަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ބީ ގައި އެމެރިކާއާ ދެކޮޅަށް ނުކުންނައިރު އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށް ވޭލްސްގެ ކޯޗު ރޮބް ޕޭޖް ބުނެފިއެވެ.

މިިއީ ގިނަ އަހަރުތަކަށް ފަހު ވޭލްސް ވޯލްޑް ކަޕްގެ މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތަށް ވޭލްސް ކޮލިފައިވަނީ 64 އަހަރަށްފަހު އެވެ. އެހެންކަމުން ވޭލްސްގެ ކޯޗަށް ވެސް މިއީ ޚާއްސަ މެޗެކެވެ. ޚާއްސަ މުބާރާތެކެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕޭޖް ބުނީ ޓީމުގެ މިޑްފީލްޑަރު ޔޯ އެލެން އަށް ކުޅުމުގެ ފުރުސަތު ލިބޭތޯ ބަލާނެ ކަމަށް އޭނާ ކުރިން ބުނި ކަމަށެވެ. ނަމަވެސް ތެދުތެދަށް ބުނާނަމަ ފުރަތަމަ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ޕޭޖް ބުންޏެވެ. އެމެރިކާއާ ދެކޮޅަށް އެލެން ކުޅެން އެރުވިދާނެ ކަމަށާއި، ނަމަވެސް އޭގެ ގެއްލުން ބޮޑު ވުމަކީ ވެސް ގާތް ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ސަަބަބަކީ އެެ މެޗުގައި އޭނާ އަށް އިތުރު އަނިޔާއެއް ވެއްޖެ ނަމަ، ކުރިއަށް ހުރި މެޗުތަަކަށް ގެއްލުންވެދާނެތީއެވެ. އެހެންކަމުން އޭނާ ލައްވާ ކުޅުވަން ބޭނުންނުވާ ކަމަށް ޕޭޖް ބުންޏެވެ.

އެ ޕްރެެސްގައި ވާހަކަ ދައްކަމުން ވޭލްސްގެ ކެޕްޓަން ގަރެތް ބޭލް ބުނީ، މިއީ އޭނާ ހުންނަން ބޭނުންވީ ހިސާބު ކަމަށެވެ. މީގެ އިތުރުން ފާއިތުވި ހަފްތާގެ ތެރޭގައި ވަރަށް ބުރަކޮށް ޓްރެއިނިންތައް ކުރިއަށް ގެންދިޔައީ، ޤަތަރުގެ ހޫނާއި ވަގުތަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތި ކަމަށެވެ. ބޭލް ބުނީ ކުރިއަށް އޮތް މެޗުން ވޭލްްސް ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އެމެރިކާ އަކީ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށާއި، އެ ޓީމުގައި ނަން ވިދާލާ ކުޅުންތެރިން ވެސް ތިބި ކަމަށެވެ. ބޭލް ބުނީ އެމެރިކާގެ އަމާޒަކަށް ވާނީ ވޭލްސް ވެސް ބޭނުންވާ ފަދައިން މެޗުން މޮޅުވުން ކަމަށާއި، އެކަމާ ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް އެމެރިކާ ޓީމުގެ "ބަލި ފައިތަށް" އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ބޭލް ބުނީ ހަމަ އެގޮތަށް އެމެރިކާ އަށް ވެސް ވޭލްސްގެ ބަލި ފައިތަށް އެނގިދާނެ ކަމަށާއި، ނަމަވެސް ވޭލްސްގެ ގޭމް ކުޅެފި ނަމަ ބޭނުންވާ ނަތީޖާ ލިބޭނެ ކަމަށެވެ.

މުބާރާތުގައި ވޭލްސް އާއި އެމެރިކާ ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް