ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 12:05
ސެނެގާލްގެ ކޯޗު ސީސޭ ޕްރެސްގައި
ސެނެގާލްގެ ކޯޗު ސީސޭ ޕްރެސްގައި
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
މާނެ ނެތުމަކީ ދެރައެއް، ނަމަވެސް ޓީމާމެދު އުންމީދު އެބަ އޮތް: އަލިއޫ ސީސޭ
 
ސީސޭ ބުނީ އޭނާ އާއި މުޅި ސެނެގާލް ޓީމު އެދެނީ ވީހާވެސް އަވަހަށް މާނޭ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވުން ކަމަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނައިރު ސެނެގާލް ޓީމުގައި ސާޑިއޯ މާނޭ ނެތުމަކީ ދެރައެއް ކަމަށް އެ ޓީމުގެ ކޯޗު އަލިއޫ ސީސޭ ބުނެފިއެވެ.

މާނޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އަނިޔާގެ ސަބަބުން މާނޭ މިހާރު ވަނީ އޭނާ ހަދަން ޖެހޭ ސާޖަރީ ވެސް ހަދާފައެވެ.

ނެދަލޭންޑްސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސީސޭ ވަނީ މާނޭގެ ވަރަށް ބޮޑަށް ދައްކާފައެވެ. އޭނާ ބުނީ ދައްކަމުން އަންނަނީ ސެނެގާލްގެ ރައްޔިތުންގެ ވާހަކަ ނޫން ކަމަށެވެ. އޭނާ ބުނީ ދައްކަމުން މި އަންނަނީ މުޅި ކުޅިވަރުގެ ދުނިޔޭގެ ވާހަކަ ކަމަށާއި، ކޮންމެ ބައްރަކާއި، ފުޓުބޯޅަ އަށް ލޯބި ކުރާ އެންމެންގެ ވާހަކައެވެ. އޭނާ ބުނީ ދައްކަމުން މި އަންނަނީ ދުނިޔޭގައި ދެ ވަނަ އަށް ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ވާހަކަކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އޭނާ ބުނީ 15 ދުވަސްވަންދެން އޭނާގެ ފޯނު ރިންގުވުން ނުހުއްޓޭ ކަމަށެވެ. ކޮންމެ މީހަކު ވެސް އޭނާ ގާތު އޭރު އަހަމުން އައީ ދެރަވާން ޖެހޭ ސަބަބަކީ ކޮބާހެއެވެ.

ސީސޭ ބުނީ އޭނާ އާއި މުޅި ސެނެގާލް ޓީމު އެދެނީ ވީހާވެސް އަވަހަށް މާނޭ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވުން ކަމަށެވެ. އަދި މުޅި ޓީމު އަބަދު އެކަމަށް ދުއާ ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ސީސޭ ބުނީ ވޯލްޑް ކަޕަށް އަންނަނީ ވަރަށް މޮޅެތި ކުޅުންތެރިން ކަމަށާއި، ކޯޗެއްގެ ބޭނުމަކީ ރަނގަޅު ނިންމުމެއް ނިންމުން ކަމަށެވެ. އޭނާ ބުނީ ސެނެގާލް ޓީމާ މެދު އޭނާގެ އުންމީދު އޮތް ކަމަށެވެ. ސީސޭ ބުނީ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑޯ މެންޑީ އަކީ ދުނިޔޭގައި ތިބި މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭނެ ކީޕަރެއް ކަމަށެވެ. ސީސޭ ވަނީ މެންޑީގެ ހުނަރުވެރިކަމާއި، ކުޅުމާދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވެސް ބުނެފައެވެ. އިތުރަށް ސީސޭ ބުނީ އޭނާ އުންމީދު ކުރަނީ މެންޑީ މުބާރާތުގައި އެކަން ސާބިތުކޮށްދޭނެ ކަމަށެވެ.

ސެނެގާލާއި ނެދަލޭންޑްސް ބައްދަލު ކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް