ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 10:32
ޤަތަރުގެ ކޯޗު ސަންޗޭޒް
ޤަތަރުގެ ކޯޗު ސަންޗޭޒް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
މެޗުގެ ފެށުން ވެސް ގޯސް، ރަނގަޅު ކުރަންވީ ބައިވަރު ކަންކަން އެބަހުރި: ސަންޗޭޒް
 
ސަންޗޭޒް ބުނީ ޤަތަރު ޓީމުން ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި، މެޗުގައި ދައްކަން ޖެހޭ ލެވެލް ނުދެއްކުނު ކަމަށް

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން ބަލިވި މެޗުގައި ޤަތަރުގެ ކުޅުންތެރިން މެޗު ފެށުން ވެސް ފެނުނީ ގޯސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން ޤަތަރު ބަލިވީ 2-0 އިންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ މާ ގިނަ ބަހާނާ ތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި، މެޗުން މޮޅުވި އިކުއެޑޯ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އޭނާ ބުނީ އެކުއެޑޯ އިން މެޗުގައި ކުޅުނީ އެ މީހުންނަށް މޮޅެއް ހައްގުވާ ވަރަށް ކަމަށެވެ. ސަންޗޭޒް ބުނީ ޤަތަރު ޓީމުން ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި، މެޗުގައި ދައްކަން ޖެހޭ ލެވެލް ނުދެއްކުނު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވޯލްޑް ކަޕަށް އާވެގެން އުޅޭ ކަހަލަ ކުޅުމެއް ކަމަށެވެ. ގިނަ ގޯސްތަކެއް ހެދުނުއިރު، އަލުން މެޗު ތެރެއަށް ވަނުމަަކީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ސަންޗޭޒް ބުންޏެވެ. އޭނާ ބުނީ މިހާރު ދެން އުންމީދު ކުރަނީ އިކުއެޑޯ މެޗުގައި ކުރިމަތިވި ޕްރެޝަރުގެ މަތިން ހަނދާން ނައްތާލައި، ކުރިއަށް އޮތް މެޗުތަަށް ފުރިހަމަ އަށް ތައްޔާރުވެވުން ކަމަށެވެ.

ސަންޗޭޒް ބުނީ އޭނާ އަށް ޤަބޫލު ކުރެވެ ގޮތުގައި ޤަތަރުގެ ކުޅުންތެރިންނަކީ ބޮޑެތި މެޗުތަކުގައި ވާދަވެރި ކުޅުމެއް ދެއްކޭނެ ކުޅުންތެރިންތަކެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗުތަކަށް ފުރިހަމަ އަށް ތައްޔާރުވެއްޖެ ނަމަ އެކަން ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގައި ދެން ޤަތަރަށް އޮތީ މި މަހުގެ 25 ވަނަ ދުވަހު ސެނެގާލާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް