ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 06:08
މަސް ދޯންޏެއް
މަސް ދޯންޏެއް
އެމްއެންޑީއެފް
މަސް ފިނިކުރާ ނިޒާމު
މަސްދޯނި ފަހަރުގައި މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ލޯނު ދޫކުރަނީ
68 ދޯނީގައި މި ނިޒާމު ހަރުކުރުމަށް ލޯނު ދޫކުރާނެ
34 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ

މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް (ކަނޑުފަޅު ނަފާ) ލޯނު ޕްރޮގްރާމަށް ހުޅުވާލައިފިއެވެ.

މި ލޯނު ޕްރޮގްރާމަށް ހުޅުވާލީ ނޮވެމްބަރު 20 ވީ އާދިއްތަ ދުވަހުއެވެ.

މި ލޯނަށް ހުޅުވާލާފައިވަނީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށާއި، އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

ކަނޑުފަޅު ނަފާ ޕްރޮގްރާމުގެ މި ފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 34 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި ގުޅިގެން ކުރިއަށްގެންދާ މި ލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދޭ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކުރުމަށްފަހުގައެވެ.

މި ލޯނަށް އެދި ހުށަހަޅަންޖެހެނީ އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރުން ފެށިގެންނެވެ.

ސަރުކާރުން ވަނީ މީގެ ކުރިންވެސް މި ޕްރޮގްރާމަށް ހުޅުވާލާފައެވެ. އެގޮތުން ގިނަ ދޯނިތަކެއްގައި މަސް ފިނިކުރާ ނިޒާމު ވަނީ ގާއިމުކޮށްފައެވެ.

- ކޮމެންޓް