ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 12:05
ޕްރެސް ކޮންފަރެންސްގައި އިކުއެޑޯގެ ކޯޗު އަލްފާރޯ އަދި މިޑްފީލްޑަރު ކަސައިޑޯ
ޕްރެސް ކޮންފަރެންސްގައި އިކުއެޑޯގެ ކޯޗު އަލްފާރޯ އަދި މިޑްފީލްޑަރު ކަސައިޑޯ
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
އިކުއެޑޯ ކޯޗު އަލްފާރޯ ބުނަނީ ޓީމުގެ ހިތްވަރަކީ ކަސްޓިލޯ ކަމަށް
 
އޭނާ ބުނީ ފަހަރެއްގައި އޭނާ ދައްކާ ވާހަކަ ނުވަތަ ޚިޔާލު އެހާ ބޮޑު ނުވެދާނެ ކަމަށާއި، ސަބަބަކީ އެއީ އޭނާގެ އަމިއްލަ އެއްޗަކަށްވާތީ ކަމަށް

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ޤަތަރާ ދެކޮޅަށް ނުކުންނައިރު އިކުއެޑޯ ޓީމުގެ ހިތްވަރަކީ ބައިރޮން ކަސްޓިލޯ ކަމަށް ކޯޗު ގުސްޓާވޯ ހޫލިއޯ އަލްފާރޯ ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އަލްފާރޯ ވަނީ ކަސްޓިލޯގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައެވެ. އަލްފާރޯ ބުނީ އޭނާގެ ވާހަކަ ބިނާކުރަނީ ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ފަހަރެއްގައި އޭނާ ދައްކާ ވާހަކަ ނުވަތަ ޚިޔާލު އެހާ ބޮޑު ނުވެދާނެ ކަމަށާއި، ސަބަބަކީ އެއީ އޭނާގެ އަމިއްލަ އެއްޗަކަށްވާތީ ކަމަށެވެ. އޭނާ ބުނީ ކުރު ގޮތަކަށް ބުނާނަމަ އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށެވެ. އެކަމަކު އެކަން ދެނެގަނެވޭނީ ކަސްޓިލޯ އުފުލަން ޖެހުނު ހިތާމަ ނުވަތަ އަނިޔާ ފެނިފައިވާނަމަ ކަމަށް އޭނާ ފާހަގަކުރިއެވެ.

އަލްފާރޯ ބުނީ ކަސްޓިލޯ ނެތުމުން އެކަމުގެ އަސަރު އިކުއެޑޯ ޓީމުގެ ސްްކޮޑަށް ކުރި ކަމަށާއި، މުޅި ޓީމުގެ ލޯތްބާއި އިހުތިރާމް އޮތީ ކަސްޓިލޯއާއެކު ކަމަށެވެ. އަލްފާރޯ ބުނީ މިވަގުތު ކަސްޓިލޯ އަކީ އިކުއެޑޯ ޓީމަށް ނިޝާނެއް ކަމަށެވެ. ނަަމަވެސް އޭނާ އަކީ ޓީމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ކަސްޓިލޯގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ކޯޗު އަލްފާރޯ ނިންމީ އޭނާ ސްކޮޑުގައި ނުހިމަނާށެވެ. ކަސްޓިލޯގެ މައްސަލަ ޗިލީން ވަނީ ފީފާ އަށް ވެސް ހުށަހެޅިއެވެ. ކަސްޓިލޯ ޓީމުގައި ނުހިމަނަން ކޯޗު ނިންމި ނަމަވެސް، އޭނާގެ ބަދަލު އެހެން ކުޅުންތެރިޔަކު ހިމެނުނުގެ ފުރުސަތެއް ނުލިބެއެވެ.

ޕްރެސްގައި ބައިވެރިވެ އިކުއެޑޯ ޓީމުގެ މިޑްފީލްޑަރު މޯސަސް ކަސައިޑޯ ބުނީ ޤަތަރު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ އިކުއެޑޯ އިން ޤަތަރު ދެކެނީ ވާދަވެރި ޓީމެއްގެ ގޮތުގައި ކަމަށާއި، ޤަތަރު މެޗު ވެގެންދާނީ އުނދަގޫ މެޗެއް ކަމަށެވެ. ނަމަވެސް އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެންމެ ފަހު ވަގުތާ ހަމައަށް ދެ ޓީމުން ވެސް ވަރަށް މަސައްކަތް ކުރާނެ ކަމަށް ކަސައިޑޯ ބުންޏެވެ.

އަހަރަމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޤަތަރަކީ ވަރަށް ވަރުގަދަ ޓީމެއްކަން، ކޯޗު ވެސް އެކަން ފާހަގަކޮށްފި. އަހަރަމެން އެ މީހުން (ޤަތަރު) ދެކެނީ ވެސް ވާދަވެރި ޓީމެއްގެ ގޮތުގައި. އަހަރެންނަށް އެނގޭ ޤަތަރު މެޗު ވާނީ ވަރަށް އުނދަގޫ މެޗަކަށްކަން، ނަމަވެސް ޤަބޫލުކުރެވޭ ގޮތުގައި އެންމެ ފަހު ވަގުތާ ހަމައަށް ދެ ޓީމު ވެސް ވަރަށް މަސައްކަތް ކުރާނެ.
މޯސަސް ކަސައިޑޯ / އިކުއެޑޯ ޓީމުގެ މިޑްފީލްޑަރު

މީގެ އިތުރުން އޭނާ ބުނީ ފުރަތަމަ މެޗުގައި ޤަތަރާ ދެކޮޅަށް ކުޅުމަކީ ޚާއްސަ ކަމެއް ކަމަށެވެ. ސަބަބަކީ އެއީ މުބާރާތުގެ ފުރަތަމަ މެޗަށް ވުމުގެ އިތުރުން، ގިނަ ބަޔަކު އެ މެޗު ބަލާނެތީއެވެ. އޭނާ ބުނީ އެ މެޗު ޚާއްސް ވާނެ ކަމަށާއި، ބޭނުމަކީ ދަނޑު މަތީގައި އިކުއެޑޯ އަކީ ކޮން ފެންވަރެއްގެ ބައެއްކަން ދައްކަން ބޭނުންވާ ކަމަށެވެ.

ޤަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް