Advertisement
ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 11:17
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި
ރައީސް އޮފީސް
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް
ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި ރައްކާތެރިކުރެވިފައިވާ ކުއްޖެއްކަން ކަށަވަރުކުރަން ޖެހޭ: ރައީސް
ރައީސް ވަނީ ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައި
ކުދިންނަކީ އަނިޔާ އާއި ގެއްލުންތަކުން ރައްކާތެރިކުރެވިފައިވާ ކުދިންތަކެއްކަން ކަށަވަރު ކުރަން ޖެހޭ
ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ ޙައްގު ރައްކާތެރިކުރެވިފައިވާ ކުއްޖެއްކަން ޔަގީން ކުރަން ޖެހޭ

ކޮންމެ ކުޑަކުއްޖަކީ ވެސް މުޖުތަމައުގައި ރައްކާތެރިކުރެވިފައިވާ ކުއްޖެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އެމަނިކުފާނު ވަނީ ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

Advertisement

ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު ކޮންމެ މީހެއްގެވެސް ޒިންމާ ހަނދުމަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މުޖުތަމައުގެ ކޮންމެ ކަމެއްގައި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ދީ ޝާމިލު ކުރަން ޖެހޭ ކަމަށާއި އެ ކުދިންނަކީ އަނިޔާ އާއި ގެއްލުންތަކުން ރައްކާތެރިކުރެވިފައިވާ ކުދިންތަކެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މުޖުތަމައުގައި އުޅޭ ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ ޙައްގު ރައްކާތެރިކުރެވިފައިވާ ކުއްޖެއްކަން ޔަގީން ކުރަން ޖެހޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ކުޑަކުދިންގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަމުންދަނީ ނޮވެމްބަރު މަހުގެ 20ގައެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އިންކްލޫޝަން، ފޯރ އެވްރީ ޗައިލްޑް" ނުވަތަ ކޮންމެ ކުއްޖަކުވެސް ޝާމިލްކުރުމެވެ. މި ޝިއާރު ހިޔާރުކޮށްފައިވަނީ ކުދިންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތަކަށް އިޝާރާތްކޮށްގެން އެކަންކަން ނައްތާލުމަށް މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.

ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް