Advertisement
ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 07:50
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ސަރުކާރަށް 4 އަހަރު ފުރުން
ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތައެއް ކާމިޔާބުކުރެވޭ މަރުހަލާއަށް ވާސިލުވެއްޖެ: އެމްޑީޕީ
ސަރުކާރުން ތަރައްގީ ގެނައީ ހަމަހަމަ ކަމާއެކު
މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ހާސިލު ކުރި އެންމެ ބޮޑު ކާމިޔާބީއަކީ ކޮވިޑް-19ގެ ބަލިމަަޑުކަމުން އަރައިގަތުން
ކަރަންޓާއި މަގުތަކާއި ބަނދަރާއި އުމްރާނީ ވަސީލަތްތަކާއި ސިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދީފި

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތައެއް ކާމިޔާބު ކުރެވޭ މަރުހަލާއަށް ވާސިލުވެފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ސަރުކާރަށް ހަތަރު އަހަރު ފުރުމުން ރައީސް އާއި އެމްޑީޕީގެ ހުރިހާ މެމްބަރުންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ކިޔައިފައެވެ.

2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުޙަލާ އަށް މި ހަތަރު އަހަރުން ވާސިލުވެފައިވާކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެކަން މި ސަރުކާރުން ކޮށްފައިވަނީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ކަމަށެވެ.

Advertisement

މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ހާސިލު ކުރި އެންމެ ބޮޑު ކާމިޔާބީއަކީ ކޮވިޑް-19ގެ ބަލިމަަޑުކަމުން އަރައިގަތުމުގައި އެހެން ޤައުމުތަކަށް ނަމޫނާއަކަށްވުން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން، ބައިނަލްއަގްވާމީ ތަފާތު ގޮންޖެހުންތަކާއި ހައްސާސް ޙާލަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ މަޝްރޫޢުތަށް ހަމަހަމަކަމާ އެކު މި ހަތަރު އަހަރު ރަށްތަކުގައި ހިންގުނު ކަން އެ ޕާޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން ކަރަންޓާއި މަގުތަކާއި ބަނދަރާއި އުމްރާނީ ވަސީލަތްތަކާއި ސިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވިފައިވާ ކަމަށާއި ހުނަރާއި ތަމްރީނާއި ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވުނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް