Advertisement
ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 07:11
މެދުޒިޔާރަތް
މެދުޒިޔާރަތް
ރާއްޖެއެމްވީ
މެދު ޒިޔާރަތުގައި ދިދަ ނެގުން
މެދު ޒިޔާރަތުގައި ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސް ދުވަހަކާ ގުޅުވައިގެން: މިނިސްޓަރު
މީގެކުރިންވެސް މެދު ޒިޔާރަތުގައި ދިދަ ނަގާފައިވަނީ ވަކި ދުވަސްތަކެއް ފާހަގަކުރުމަށް
ދިދަ ދާއިމީ ގޮތަކަށް ނަގާފައި ހުރުން އެއީ މާލީގޮތުން ބަލާއިރުވެސް އެހާ ފަސޭހަކަމަކަށް ނުވާކަމަށް މިނިސްޓަރު ވިދާޅުވި

މެދު ޒިޔާރަތުގައި ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސް ދުވަހަކާއި ގުޅިގެން ވަކި މުނާސަބަތުތަކުގައި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މާލޭގެ މެދު ޒިޔާރަތުގައި ނޮވެމްބަރު 11 ވަނަ ދުވަހު ދިދަ ނެގުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ކިޔާފައެވެ. އެއީ ސަގާފީ ކަމެއް ނޫންކަމަށާއި އުވިފައިވާ މުންކަރާތެއް ދިރުވަނީކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ސަރުކާރަށް ވަނީ ފާޑުކިޔާފައެވެ. އެއާއެކު ދެން ފެނިގެންދިޔައީ ދިދަ ބޭލިތަނެވެ.

Advertisement

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ދިދަތައް ނެގީ ކިހިނެއް ކޮންގޮތަކަށް ކޮންބޭފުޅެއް އަންގަވައިގެންތޯ މިނިސްޓަރު އަރިހު އައްސަވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މެދު ޒިޔާރަތުގައި މިފަހަކަށް އައިސް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން ގޮސްފައިވާކަމަށެވެ. އެގޮތުގެ މަތިން ދިދަ ނެގުމަށް ނިންމެވީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސްތަކާއި ގުޅުވައިގެން ކަމަށާއި މީގެކުރިންވެސް މެދު ޒިޔާރަތުގައި ދިދަ ނަގާފައިވަނީ އެގޮތަށް ވަކި ދުވަސްތަކެއް ފާހަގަކުރުމަށް ކަމަށެވެ.

އަޅުގަނޑުމެން އެގޮތުގެ މަތިން ޖުމްހޫރީ ދުވަހާ ގުޅިގެން ދިދަ ނެގީ. ދެން ހަމަ ދިދަ ބޭލީ އެދުވަސް ނިމުމާ ހަމައަށް އައި ހިސާބުން ދިދަ ތިރިކުރީ. ދިދަ ދާއިމީ ގޮތަކަށް ނަގާފައި ހުރުން އެއީ މާލީގޮތުން ބަލާއިރުވެސް އެހާ ފަސޭހަކަމަކަށް ނުވާތީ އަދި ކުރީގެ އާދަކާދަޔަށް ބަލާއިރުވެސް ފަސޭހަކަމަކަށްނުވާތީ އެގޮތަށް ނިންމާފައިވަނީ. އެހެންވެ ދިދަ ތިރިކުރެވުނީ އެރޭ އިރު އޮއްސުމާއި ހަމައިން
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ތާރީހުން އެނގެން އޮންނަގޮތުން އެންމެ ފަހުން މެދު ޒިޔާރަތުގައި ދިދަ ނަގާފައިވަނީ 1970ގެ އަހަރުތަކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް