ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 17:37
 އިންޖިނިއަރުންގެ ބައިނަލްއަގްވާމީ ކޮންފަރެންސް
އިންޖިނިއަރުންގެ ބައިނަލްއަގްވާމީ ކޮންފަރެންސް
ރާއްޖެއެމްވީ
އިންޖިނިއަރިންގ ކޮންފަރެންސް
ބައިނަލްއަގްވާމީ އިންޖިނިއަރިންގ ކޮންފަރެންސް ފަށައިފި
ކޮންފެރެންސް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް

އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިލެކްޓްރިކަލް، ކޮމްޕިއުޓަރ، ކޮމިއުނިކޭޝަން އެންޑް މެކަޓްރޯނިކްސް އިންޖިނިއަރިންގ (އައިސީއީސީސީއެމްއީ) ގެ ފިޒިކަލް ސެޝަންތައް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ފަށައިފިއެވެ.

ދެވަނަ އައިސީއީސީސީއެމްއީގައި 77 ގައުމަކުން 270ށް ވުރެ ގިނަ ބައިވެރިން ހިމެނެއެވެ. ކޮންފެރެންސް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ބޮޑު ކޮންފަރެންސެއްގެ ޗެއާގެ މަގާމު، އެމްއެންޔޫ އަށް ލިބި، ދުނިޔޭގައި މަޝްހޫރު ޔުނިވަސިޓީތަކާ އެކު މަސައްކަތްކުރަން ލިބުމަކީ އުނގެނުމުގެ ބޮޑު ތަޖުރިބާއެއް ކަމަށެވެ.

Advertisement

އެމްއެންޔޫ އިން ބުނީ އެ ކޮންފަރެންސްގައި ކަމާގުޅޭ އިދާރާތަކުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ހިޔާލު ހިއްސާކުރާނެ ކަމަށެވެ. ކޮންފަރެންސްގެ ތަރެއިން ކުރިއަށްދާ ކޮމްޕްރިހެންސިވް ޓެކްނިކަލް ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާއި އެޕްލިކޭޝަންތައް ދައްކުވައިދޭ ރިސާޗް ޕޭޕަރުތަކާއެކު ޓެކްނިކަލް ސެޝަންތަކެއް ކުރިއަށްދާނެއެވެ.

ކޮންފަރެންސްގައި ސޯލާ ޓެކްނޮލޮޖީ، އިލެކްޓްރިކަލް މެޝިން، ރިނިއުބަލް އެނާޖީ ސިސްޓަމް، ކޮމްޕިއުޓާ ނެޓްވޯކް، އާޓިފިޝަލް އިންޓެލިޖެންސް، ރޮބޮޓިކްސް އަދި އޮޓޮމޭޝަން ފަދަ ވަރަށް ގިނަ މައުލޫތަކާ ގުޅޭ މަޝްވަރާ ކުރާނެކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

މި ކޮންފަރެންސް އަކީ ތުރުކީގެ އަކްސަރީ ޔުނިވަސިޓީން އިންތިޒާމްކޮށްގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އަދި ޔުނިވަރސިޓި އޮފް މޮރިޝަސްއާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް