Advertisement
ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 18:33
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ގޫގްލް މެޕްސް
ޗާގޮސް މައްސަލަ
ޗާގޯސް މައްސަލަ މަޖިލީހާ ހިއްސާކުރި، ގެއްލުމެއް ނެތް - އަސްލަމް
ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލާކަމަށް ސަރުކާރުން ބުނޭ
ރާއްޖެއިން ޗާގޯސް މައްސަލައިގައި އަމަލުކުރި ގޮތް ސާފުކަމަށް އަސްލަމް ވިދާޅުވި

މިހާރު ސުވާލު އުފެދިފައިވާ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާ ދިވެހިރާއްޖެއާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތުގެ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފައިވާކަމަށާއި، މިކަމުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެފަދަ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާކަން ޔަގީންވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުތަކާބެހޭ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވާ ގޮތް ރަނގަޅަށް ދިރާސާކޮށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު، ރާއްޖޭގެ ބޭސްލައިން ކުރަހާފައިވާ ސަރަހައްދުގައިވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހަމަތަކުގެމަތިން ފުށުއަރާ ކަންކަން ހުރިކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލަށް ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާއިރު، އެ ސަރަހައްދު ފުށުއަރާނަމަ އެގައުމަކާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރަންވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އިނގިރޭސިވިލާތުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމާމެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ބުނުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ބައެއް ގެއްލޭނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް