Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 21:20
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ރައީސް ޞާލިހުގެ ވެރިކަން
ފާއިތުވި ހަތަރު އަހަރު މަސައްކަތް ކުރީ ސިޔާސީ ޒުވާބާއި ހަސަދައާ ޖަދަލާ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރަން - ރައީސް
މީގެ 4 އަހަރު ފަހަތަށް ބަލާލާ ނަމަ އެދުވަހު ޤައުމުގާ އޮތީ ހާސްކަމުގައި ކަމަށް ރައީސް ވިދާޅުވި
މީގެ 4 އަހަރު ކުރިން ސިޔާސީ ވެރިން ތިބީ ކުޑަ ގޮޅީގައި ނުވަތަ އެ ގޮޅީގެ އަނގަ މަތީގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ
ރާއްޖެ އޭރު އޮތީ ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ކެނޑިފައި

ފާއިތުވި ހަތަރު އަހަރު މަސައްކަތް ކުރީ ސިޔާސީ ޒުވާބާއި ހަސަދައާ ޖަދަލާ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މީގެ 4 އަހަރު ކުރިން، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އެރުވި ޔަޤީންކަމަކީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި، އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތަފާތެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމި ހުންނެވިއްޖެ ކަަމަށާއި އެ ވައުދު ފުއްދިފައިވާ ކަމަށެވެ.

Advertisement

މީގެ 4 އަހަރު ފަހަތަށް ބަލާލާ ނަމަ އެދުވަހު ޤައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާ، ނުތަނަވަސްކަމާ ބިރުވެރިކަން ކަމަށާއި ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭރު އިންސާފަކީ އެންމެ ބޮޑު ބޭއިންސާފުކަމަށް ވެ، އަމާނާތްތެރިކަމަކީ އެންމެ ބޮޑު ޚިޔާނާތްކަމަށް ވާ މިންވަރަށް އިންސާފު އޮތީ ގެއްލިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިނިވަންކަމާއި ހައްގުތައް ނިގުޅައިގަނެވޭނެ ވަގުތެއް ނޭނގި ދެން ތިބި އެންމެންނަކީ ނެތް ބަޔަކަށް އޭރު ހަދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭރު ސިޔާސީ ވެރިން ތިބީ ކުޑަ ގޮޅީގައި ނުވަތަ އެ ގޮޅީގެ އަނގަ މަތީގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް. އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ  ޤާނޫނު އަސާސީ ތަޞައްވަރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން. ވެރިކަމުން ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް ވެރިކަމުގެ ފަރާތުން ޤާނޫނުގެ ބާރު ލަންބާގުދުކޮށް ވާންކުރުން. ނަތީޖާއަކަށްވީ ވެރިކަމުގެ ނިޒާމް ކިލަނބުގެ ހިނގާ ކަންކަމުގެ ދެ ފުށް ފެނުންވީ ނެތް ކަމަކަށް ވުން.
ރައީސް ޞާލިހު

މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަކީ ބާރުގެ ބޭނުންކޮށްގެން އުކާލާ ބޭކާރު ބަޔަކަށް އޭރު ހަދާފައިވާ ކަމަށާއި ރައްޔިތުންނަށް އޭރު އޮތީ ގޮތް ހުސްވެފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އޭރު އޮތީ ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ކެނޑިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ރައްޔިތުން ބޭނުންވީ އެ ބިރުވެރިކަމާއި އަނިޔާ ރާއްޖެ އިން ފިލައިގޮސް އަމާންކަމާއި ސުލްހަ މަސަލަސްކަން ރާއްޖެއިން ނެތި ނުދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވީ ދެ ފުށް ފެންނަ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ހިނގާނެ، ޖަވާބުދާރީ ކުރުވޭނެ ވެރިކަމެއް ކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން ޢަދުލު އިންސާފާމެދު ގެއްލިފައިއޮތް އިތުބާރު އިޢާދަ ކުރުމަށް ބޭނުންވާޤާނޫނީ އޮނިގަނޑު ބަދަލު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް