ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 14:10
މާކޯ ރެއުސް
މާކޯ ރެއުސް
ޓްވިޓަރ
ފީފާ ވޯލްޑް ކަޕް
ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މާކޯ ރެއުސް އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ
ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން ރެއުސް އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު މާކޯ ރެއުސް އަށް ފީފާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ރެއުސް އަށް އަނިޔާވެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު މެޗެއްގެ ތެރެއިންނެވެ. ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހު ޑޯޓްމަންޑުން ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅުނެވެ. ނަމަވެސް އެ މެޗުގައި ވެސް ރެއުސް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނެެވެ. އޭގެ ފަހުން ޑޯޓްމަންޑުން ފަހުން ކުޅުނު އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރެއުސް އަށް ލިބުނު އަނިޔާ ރަނގަޅު ނުވާތީވެ، މި މަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕް އޭނާ އަށް ގެއްލޭނެއެވެ. ރެއުސް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅެމުންނެވެ. ރެއުސް ވަނީ ޖަރުމަނުގެ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. މިހާތަނަށް އޭނާ ޤައުމީ ޓީމަށް ކުޅެދިން 48 މެޗުން ވަނީ 15 ލަނޑު ޖަހާފައެވެ.

- ކޮމެންޓް