ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 11:37
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ރާއްޖެއެމްވީ
މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ތަންތަނަށް ބަދަލުކޮށް، ތޮއްޖެހުމަށް ޙައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް
ޑިފެންސް މިނިސްޓަރުގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް ވެރިންވެސް ވަޑައިގެންނެވި
މި ޙާދިސާއަކީ މިފަހުގެ ތާރީޚެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އެއް ޙާދިސާ
މިފަދަ ޙާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ދެއްވައިފިއެވެ.

އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޙާދިސާއަކީ މިފަހުގެ ތާރީޚެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އެއް ޙާދިސާ ކަމަށެވެ. އެގޮތުން މި ޙާދިސާގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާއިރު، ޙާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން ވެސް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަލިފާން އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓިގެން ދިޔައީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން އަވަހަށް އެސަރަޙައްދަށް ހާޒިރުވެ، އަލިފާން ނިއްވުމުގެ މަސައްކަތް ފެށުމުން ކަމަށެވެ. ނޫންނަމަ މިއީ މިއަށްވުރެ ވެސް ބޮޑު ޙާދިސާއަކަށްވީސްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީހުން ނެރުމުގައި އެވަގުތު ބުރަ މަސައްކަތްތަކެއް ކޮށްފައިވޭ، މިއީ ހިތާމަވެރި ޙާދިސާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ޙާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޙައްލެއް ހޯދަންޖެހެނީ ތޮއްޖެހުމުގެ މައްސަލައާއި މީހުންގެ ދިރިއުޅުމުގެ ޙާލަތާއި ގުޅޭ ކަންކަމުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މާލޭގައި އިމާރަތްކުރާއިރު ބިލްޑިންގ ކޯޑު މިއަށްވުރެ ހަރުދަނާ ކުރެވިގެންދާން ޖެހޭކަންވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން މާލޭގެ ކެމިކަލް ގުދަނުތަކުގައި ހިނގި ޙާދިސާއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެ ޙާދިސާއާއި ގުޅިގެން ސަރުކާރުން ވަގުތުން ފިޔަވަޅު އެޅި ކަމަށެވެ.

ރައީސް ވިދާޅުވީ، މާލޭގައި ތޮއްޖެހިފައި އޮތް އޮތުމަށް ޙައްލު ގެނެސް، ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ތަންތަނަށް ބަދަލު ކުރުމަކީ މިހާރުވެސް ޙައްލު ގެނައުން ލަސްވެފައިވާ މައްސަަލަތަކެއް ކަމަށެވެ. އެގޮތުން ގުޅީފަޅު ޕްރޮޖެކްޓުގައި އެކަންކަން ހިމެނިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް އެބައޮތް ކަމަށާއި، އެ ބައްދަލު ކުރެއްވުމަށްފަހު، ކުރިއަށް އަަޅަންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް ވެރިން ވެސް އެ ސަރަޙައްދަށް ވަޑައިގެންފައިވެއެވެ.

- ކޮމެންޓް
10 ނޮވެންބަރ 2022 | ބުރާސްފަތި 17:02
އެއްމެން
ތޮއްޖެހުނީމަ ދެން ގަރާޖެއް ފަަރޮށިގެއެއް ނުވަތަ ބައިބަލާ ކުޅޭ ތަނެއް އެހެން ރަށެއްގެ ހެދުމަކުން ތޮއްޖެހުނު މައްސަލަ އަށާއި އަދި ތޮއްޖެހުމުން ދިމާވާ ހިތާމަވެރި މައްސަލަތަކަށް ހައްލެއް ނައަންނާނެ. އެކަން ކަމާއި ބެޙޭ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާތީ ހިތާމަ ކުރަން. އެހެންނަމަވެސް ތިޔާވުދާޅުވި ކަންތައްތައް އަވަހަށް ވެގެންދާތަން ބަލަންތިބި ވާހަކަ ދަންނަވާލަން!