ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 11:38
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޓްވިޓަރ
ޗާގޯސް މައްސަލަ
ޗާގޯސް މައްސަލައިގައި ސަރުކާރުން ހަދަނީ ތެދުކަން ދައުލަތުގެ ލިޔެކިޔުންތަކުން އެނގޭ: މިނިސްޓަރު
 
ކަންކަންކަމުގެ ޙަޤީޤަތް އެނގޭނީ ލިޔެކިޔުމުން
 
ރާއްޖެއަކީ އިސްތިއުމާރީ ބާރުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޤައުމެއް
 
ދޮގު ހަދާ ފަރާތްތައް އަބަދުވެސް އެކަން ކުރާނެ

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލާ ކަމަށާއި، އެކަމުގައި ސަރުކާރުން ހަދަނީ ތެދުކަން ދައުލަތުގައި ހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަކީ އިސްތިއުމާރީ ބާރުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޤައުމެއް ކަމަށާއި، 19 ނޮވެމްބަރު 1992 ގައި އޭރު ރާއްޖޭގައި އޮތް ސަރުކާރުން މަޝްވަރާ ކުރަމުން ގެންގޮސްފައި އޮތީ އިނގިރޭސިންނާ އެއްކޮޅަށް ކަމަށެވެ.

އޭގެ ފަހުން 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވަނީ މޮރިޝަސްއާ އެއްކޮޅަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޙަގީގަތަކީ އެކަން ޙައްލު ކުރުމަށް އެތަން އިސްތިއުމާރު ކޮށްފައިވާ އިނގިރޭސިން ވެސް މޮރިޝަސްއާ މަޝްވަރާ ކުރަމުންދާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކަންކަމުގެ ހަގީގަތް އެނގޭނީ ލިޔެކިޔުމުން ކަމަށާއި، ދައުލަތުގެ އިދާރާތަކުގައި އެކަންކަމާއި ގުޅޭ ލިޔެކިޔުންތައް އެބަހުރި ކަމަށެވެ. މިނިސްޓަރު ވަނީ އެ ލިޔުންތަކުގައިވާ ކަންކަމަށް ވެސް އަލިއަޅުވާލައްވާފައެވެ.

ބައެއް ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ކަމުގެ ހަގީގަތް ޤަބޫލު ކުރާނެ ކަމަށާއި، ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައުމަކީ އެކަން ދޭހަވެގެންދާ ކަމެއް ކަމަށެވެ.

އެހެންނަމަވެސް، ދޮގު ހަދާ ފަރާތްތައް އަބަދުވެސް އެކަން ކުރާނެ ކަމަށާއި، އެއީ ހުއްޓުވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑު ކޮންމެ އެއްޗެއް ބުންޏަސް ދޮގު ހަދާ މީހަކު، ބަޔަކު އެ ދޮގު ހަދާނެ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޗާގޯސްއާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުންނާއި ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން މިހާރު ސަރުކާރަށް ފާޑުކިޔަމުންދަނީ ހަގީގަތް އެނގިތިބެ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް، ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ ފުރުސަތު ލިބި، ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާގޯސްއާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުންނާއި ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން މިހާރު ސަރުކާރަށް ފާޑުކިޔަމުންދަނީ ހަގީގަތް އެނގިތިބެ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް، ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ ފުރުސަތު ލިބި، ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރު މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދ އަށް ޤަރާރެއް ހުށަހެޅިކަމަށާއި، އެ ޤަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށް ބަޔާންކޮށްފައި ކަމަށެވެ. އެ ޤަރާރާ ދެކޮޅަށް އޭރުގެ ސަރުކާރުން ވޯޓު ދިނުމަށްފަހު ތިބީ ހަނު ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ގެއްލުވާލިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުުގައި އެއީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ކަނޑައަޅަން ރާއްޖެއަށް ލިބުނު އެންމެ ފަހު ފުރުސަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް