Advertisement
ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 08:21
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އިދާރީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރެވޭނެ - އަނަސް
ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ހާމައެއް ނުކުރޭ

އިދާރީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރެވޭނެ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނެ ދުވަހެއް، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހުގައި އިއުލާންކުރެވޭނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އޮންނާނެކަން އެ ޕާޓީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް އެ ޕާޓީ އިން އަދި ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އެޕާޓީގެ ބައެއް ބޭފުޅުން ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

Advertisement

އަދި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ވާހަކަދެކެވުނު ނަމަވެސް ރިޔާސީ ނިޒާމެއްގެ ތެރެއިން ބާއްވާ އިންތިޚާބެއްގައި ވާދަކުރުމާ މެދު އެމަނިކުފާނު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ކުރިއަށް އޮތް އިންތިޚާބަކީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހިނގާ އިންތިޚާބަކަށް ހައްދަވަން ކަމަށެވެ. 

އެކަމާއި ގުޅޭ މައްސަލަ އެއް އެމްޑީޕީގެ ކޮންގްރެސް އަށް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ފަހުން އެ ގަރާރު ވަނީ މަޑުޖައްސާލާފައެވެ. އެހެންކަމުން ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް