ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 07:53
އިންޑިއާ އައުޓް ހަރަކާތެއް ކުރިއަށްދަނީ
އިންޑިއާ އައުޓް ހަރަކާތެއް ކުރިއަށްދަނީ
ރާއްޖެއެމްވީ
ހައި ކޯޓުގެ އަމުރު
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވި ފުލުހުންގެ މައުލޫމާތު ހާމަކުރުން ފަސްކުރަން އަންގައިފި
 
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އަންގަވާފައި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ހާމަކުރުން ފަސް ކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ގޭގޭގައި ހަރުކުރި ބެނާތައް ނަގަން ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގާފައެވެ. އެ އިދާރާއިން އެ ގޮތަށް އެންގީ އަމިއްލަ ފަރާތަކުން އެދުމުންނެވެ.

ނަމަވެސް މި މައްސަލަ ފުލުހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެގޮތުން މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށް ފުލުހުން ވަނީ އެދިފައެވެ.

ހައި ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރުގައި ބުނީ އެ އެންގުމަށް އަމަލު ކުރުން ފަސްނުކޮށްފި ނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ އެންގުމަށް އަމަލު ކުރުން ފަސް ކުރުމަށް ކޯޓުން ވަނީ އަންގައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން