Advertisement
ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 18:26
އެމްއެންޔޫގެ 2023 ގެ ފެބްރުއަރީ އިންޓޭކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި
އެމްއެންޔޫގެ 2023 ގެ ފެބްރުއަރީ އިންޓޭކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި
އެމްއެންޔޫ
އެމްއެންޔޫ އިންޓޭކް
އެމްއެންޔޫގެ 2023 ގެ ފުރަތަމަ ޓަރމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00

2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެކަމަށް އެމްއެންޔޫއިން ބުނެއެވެ. ޔުނިވަރސިޓީގެ 2023 ގެ ފުރަތަމަ ޓާމް ކޯސްތަކަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލްmnu.edu.mv/apply މެދުވެރިކޮށެވެ.

ކޯސްތަކަށް އެދި ފޯމު ހުށަހަޅުއްވާއިރު ސެޓްފިކެޓް އެޓެސްޓް ނުކުރިކަމުގައިވިޔަސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އޭލެވެލް އިމްތިޙާން ހެދުމަށްފަހު ނަތީޖާއަށް އިންތިޒާރުކުރަމުންދާ ދަރިވަރުންނަށް ސްކޫލުގެ ލީވިން ސެޓްފިކެޓާއި އެންމެފަހު ޓާމުގެ އިމްތިޙާނުގެ ނަތީޖާއާއި އެކު ހުށަހެޅުމުން ނަތީޖާއަށްބަލައި ދެވޭ ކޮންޑިޝަނަލް އޮފަރ އާއެކު ޖާގަ ކަށަވަރުވެގެންދާނެއެވެ.

Advertisement

މިގޮތުން ތިރީގައި މިވާ ތަފާތު ދާއިރާތަކަށް ސަރޓިފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާރ ޑިގްރީއާ ދެމެދުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ދިވެހި ބަހާއި އަދަބިއްޔާތު، ޓީޗިންގ، ކޮމްޕިޔުޓަރ ސައިންސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ އާއި ކައުންސެލިން، ޕްރައިމަރީ ހެލްތު ކެއަރ، ފާމަސީ، ހެލްތު ސާރވިސް މެނޭޖްމަންޓް،، މެރިޓައިމް ސްޓަޑީޒް، އިސްލާމިކް ސްޓަޑީޒް، ޝަރީއާ އެންޑް ލޯ އަދި ޑަކްޓަރީކަން ހިމެނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ އެކިއެކި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފައުންޑޭޝަން ކޯސްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

 ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުޠުތަކާއި އިތުރު މަޢުލޫމާތުhttps://mnu.edu.mv/application-announcements-2023-term-1އިން ލިބިވަޑައިގަންނަވާނެއެވެ. އަދި [email protected] އަށް މެއިލް ކުރެއްވުމުންނާއި،https://mnu.edu.mv  ވެބްސައިޓުނާއި، 3345155 ފޯނުން އަދި ފޭސްބުކް ޕޭޖުhttps://www.facebook.com/MaldivesNationalUniversityއިން ލިބެން ހުންނާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް