ހދ. ކުޅުދުއްފުށި ސިޓީ
|
6 ނޮވެންބަރ 2022 | އާދީއްތަ 13:50
ައަލިފުށި އެއަަރޕޯޓް އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތް ފެށުން
ައަލިފުށި އެއަަރޕޯޓް އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތް ފެށުން
އެމްޓީސީސީ
އަލިފުށި އެއަރޕޯޓުގެ މަސައްކަތް
ރ. އަލިފުށީ އެއާޕޯޓުގެ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތް ފަށައިފި
އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއު އެއް

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިކަމަށް އެމަސައްކަތުގެ ކޮންޓެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިން އާއި ބާ ބެންޑިން މަސައްކަތްތައްކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރަންވޭއެއް އެޅުމާއި ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުން ހިމެނެއެވެ. މީގެއިތުރުން ޓާމިނަލް ބިލްޑިންގއަކާއި ފަޔަރ ބިލްޑިންއެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓު ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް