Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 22:14
އާރުޑީސީގެ މުވައްޒަފުން މަގު ހެދުމުގެ މަސައްކަތުގައި- ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަނީ ކަނޑާލާފައި
އާރުޑީސީގެ މުވައްޒަފުން މަގު ހެދުމުގެ މަސައްކަތުގައި- ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަނީ ކަނޑާލާފައި
އާރްޑީސީ
ވަޒީފާއިން މީހުން ކެނޑުން
މިއަދު ތިނަދޫން 35 މުވައްޒަފުން އިއްޔެ އަލިފުށިން 22 މުވައްޒަފުން ކަނޑާލައިފި
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވީ، ހަރަދު ކުޑަކުރަން މީހުން ވަޒީފާތަކުން ކެނޑުމަށް ފަހު، ހައްދެއް ނެތި ސިޔާސީ މުވައްޒަފުން ނަގަމުން ދިޔުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން

ގދ. ތިނަދޫން 35 މުވައްޒަފުން ހޯމަދުވަހު ކުއްލި ގޮތަކަށް ކަނޑާލައިފިއެވެ. އޭގެ އިތުރުން އާދިއްތަ ދުވަހު އަލިފުށިން 22 މުވައްޒަފުން ވަނީ ވަކިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޯމަ ދުވަހު ތިނަދޫގައި މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ވަޒީފާގައި ތިބި 35 މުވައްޒަފުން ވަނީ ވަކިކޮށްފައެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގައި އެއްވެސް ފަރާތެއް ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ތަކުރާރު ކޮށް ވަނީ ވިދާޅުވެފައެވެ.

ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement

އެކްސް ގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބަށް ވި ވައުދުތަކާ ހިލާފަށް، އިތުރު އެއްވެސް ގޮތެއް ދައްކައި ނުދީ، ހޯމަދުވަހު ތިނަދޫއިން 35 މުވައްޒަފުން އަދި އާދިއްތަ ދުވަހު އަލިފުށިން 22 އާރުޑީސީ މުވައްޒަފުން ކަނޑާލާފައިވާ ކަމަށާއި، ތިނަދޫ އާއި އަލިފުށީގެ އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލީ އެ މުވައްޒަފުންނަށް އެތައް ފަހަރަކު ވަޒީފާގެ ޔަގީންކަން ދިނުމަށް ފަހުގައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި މީހުން ވަޒީފާތަކުން ކެނޑުމަށް ފަހު، ހައްދެއް ނެތި ސިޔާސީ މުވައްޒަފުން ނަގަމުން ދިޔުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ކަމުގައެވެ.

"ސިޔާސީ ބާރުވެރިކަން އިތުރުކުރަން ވަޒީފާގެ ބިރު ދައްކައިގެން ނުވާނެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށް އެމަގުން ކަންކަން ކުރިކަން ރައްޔިތުންނަށް އަންގާދިނުމަކީ ސަރުކާރުގެ ޒިންމާގެ އެންމެ ކުޑަ މިންވަރު،" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނިމިދިޔަ މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ނުފޫޒް ފޯރުވަން ފެނަކައަށް 12 މުވައްޒަފުން ނެގިކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް