Advertisement
ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 12:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޗާގޮސް މައްސަލަ
ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލު ކުރިގޮތް: މެންބަރުންގެ ޚިޔާލު ބޮޑުތަނުން ތަފާތު
ބައެއް މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކަވާފައި
ބައެއް މެންބަރުން ވަނީ ސަރުކާރުގެ ނިންމުން މަޖިލީހާއި ހިއްސާ ނުކުރުމުން އެކަމާއި ނުރުހުން ފާޅުކުރައްވާފައި

މިހާރު ސުވާލު އުފެދިފައިވާ ޗާގޮސް އައިލޭންޑް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖެ އާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތާ މެދު މަޖިލީހުގެ މެމްބަރުންގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ސަރުކާރުން ނިންމާ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު އެއްކޮށް ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ވަނީ އެ ގަރާރުގައި ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ތަނެއްގެ ގޮތުގައި ޗާގޮސް ހިމެނޭ ކަމަށް ބުނާ އެއްވެސް ލިޔުމެއް ނުވަތަ ހެތްކެއް ނެތް ކަމަށާއި، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަަމަށްވާ ނަމަ އެކަމާއި އަޅާ ނުލާ ކުރިން ތިބި ވެރިންނާއި ސަރުކާރުގެ އިސް ވެރިން ވަނީ ރާއްޖެ އަށް ހިޔާނާތްތެރިވެފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ހައްގު ހޯދަން އެއްވެސް ކޯޓަކަށް ނުގޮސް ތިބުމަށް ފަހު މިއަދު އެ ވާހަކަ ދައްކަނީ، ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރަން މަސައްކަތް ފެށުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމަށާއި އެތަނަށް ރާއްޖޭގެ ސިޔާދަތު ހިނގަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި މިހާތަނަށް އައި އިރު ސަރުކާރުތަކުން އިހުމާލުވެފައިވާ ކަަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލުކުރާ ގޮތް ދިފާއުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަދައްކަވާފައިވާއިރު، މަޖިލީހުގައި މި ގަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ހަމަ މި މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މި މައްސަލައިގައި ސަރުކާރުން އަމަލުކުރީ އެންމެ ރަނގަޅަށް ނޫން ކަަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަށް އެނގުމަކާއި ނުލާ ސަރުކާރުން މި މައްސަލައިގައި ނިންމުންތަކެއް ނިންމާފައިވުމުން އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް