ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 07:13
"ރެފްކޫލް ފެސްޓް"
"ރެފްކޫލް ފެސްޓް"
ރާއްޖެއެމްވީ
ރެފްކޫލް ފެސްޓް
ރެފްކޫލް އިން ވޯލްޑްކަޕާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް
 
ގުރުއަތުން ހޮވޭ ފަރާތަކަށް 43 އިންޗީގެ ޖޭވް އެންޑްރޮއިޑް ޓީވީ އެއް
 
ޕްރޮމޯޝަން ކުރިއަށް ގެންދަނީ "ރެފްކޫލް ފެސްޓް"ގެ ނަމުގައި

ރެފްކޫލް އިން ވޯލްޑްކަޕާއި ދިމާކޮށް "ރެފްކޫލް ފެސްޓް"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެފްކޫލް އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޖޭވް އެންޑްރޮއިޑް ޓީވީ އާއި، ޖޭބީއެލް އާއި ސައުންޑް ބަރސް އާއި ޕޯޓެބްލް ސްޕީކަރުތަކުން ޚާއްސަ ޑިސްކައުންޓެއްގައި ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގައި ހޯމް އެޕްލަޔަންސް ޕްރޮޑަކްޓްތަކުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް ރެފްކޫލް އިން ބުނެއެވެ. މި ޕްރޮޑަކްޓުތަކުން 40 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރެފްކޫލް އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް މި ޕްރޮމޯޝަންގެ ދަށުން ތަކެތި ލިބިގެން ދާނެ ކަން އެ ފަރާތުން ފާހަގަކުރެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 43 އިންޗީގެ ޖޭވް އެންޑްރޮއިޑް ޓީވީ އެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ހުޅުމާލޭގައި ހުންނަ ރެފްކޫލް ހުޅުމާލެ ފިހާރަ ކުރިމަތީގައެވެ. އެތަނަށް ގޮސް، ކިއުއާރު ސްކޭންކޮށްލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ރެފްކޫލް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް