ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 07:21
ެފެނަކައިގެ އަޔާ ބޯޅަ ގޯލަށް ފޮނުވާލަނީ
ެފެނަކައިގެ އަޔާ ބޯޅަ ގޯލަށް ފޮނުވާލަނީ
އިމޭޖަސް.އެމްވީ
ކްލަބް މޯލްޑިވްސް ކަޕް
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ފެނަކަ އާއި އެމްޕީއެލް
ފައިނަލް މެޗު ހޮނިހިރު ދުވަހުގެރޭ

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ޓީމް ފެނަކަ އާއި އެމްޕީއެލް ޖާގަ ހޯދައިފިއެވެ.

ފެނަކަ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 5-3 ން ވެމްކޯ ބަލިކޮށްގެންނެވެ. މެޗުގައި ފެނަކަ ޓީމުގެ ފުރަތަމަ ތިން ލަނޑު ވެސް ޖެހީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު އަޔާޒުއެވެ. ފަހު ދެ ލަނޑު ޖެހީ ހުސެއިން ޝަރީފް (އޮންލީ) އެވެ. ވެމްކޯގެ ފުރަތަމަ ލަނޑު ޖެހީ އަބުދުالله ޝައްފާންއެވެ. ފަހު ދެ ލަނޑު ޖެހީ އިބްރާހީ މަހުދީ ހަސަން (ފޭދޫއިއްބެ) އެވެ. ވެމްކޯއިން ދެ ލަނޑު ވެސް ޖެހީ ފެނަކައިން ފަސް ލަނޑު ޖެހި ފަހުންނެވެ.

ފައިނަލުން އެމްޕީއެލް ޖާގަ ހޯދީ މެޗުގެ ފުރިހަމަ ވަގުތު 3-3 ން ދެޓީމް އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހު ޕެނަލްޓީގައި ކްލަބް އެޗްޑީސީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ފުރަތަމަ ތިން ލަނޑު ޖަހާ ކުރި ހޯދީވެސް އެޗްޑީސީންނެވެ. އެޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. ފުރަތަމަ ލަނޑު ޖެހީ އަބުދުالله ޝާފިއުއެވެ. އެމްޕީއެލް އިން މެޗުގެ ފަހު ތިން މިނެޓުގައި ނަތީޖާ ހަމަހަމަކުރީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ދެ ލަނޑާއި, އިސްމާއީލް ފާތިހު ޖެހި ލަނޑުންނެވެ. އެމްޕީއެލްއިން ތިން ލަނޑު ޖެހީ 38,39 އަދި 40 ވަނަ މިނެޓުގައެވެ. ޕެނަލްޓީގައި އެޗްޑީސީގެ ހުސެއިން ސުހެއިލް އާއި މުޙައްމަދު ޝުޖާން އަހުމަދުގެ ޕެނަލްޓީ ނާކާމިޔާބުވީއެވެ. ކާމިޔާބުކުރީ އަބުދުالله ޝާފިއު އާއި ސާމިން މުޙައްމަދު ނަސީރު އަދި ހުސެއިން މިފްރާހު ވަހީދުގެ ޕެނަލްޓީއެވެ. އެމްޕީއެލް އިން ނާކާމިޔާބުވީ ސާޖިދު ރަޝީދުގެ ޕެނަލްޓީއެވެ. އަހުމަދު ހުސެއިން އާއި މުހައްމަދު ޔަފާއު އާއި އަހުމަދު ނިޒާމް އާއި އަލީ ޝަމާލް އަބްދުالله ޕެނަލްޓީ ކާމިޔާބުކުރިއެވެ.

ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެމްޕީއެލްއާއި ޓީމް ފެނަކަ ވާދަކުރާ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ.

- ކޮމެންޓް