Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 07:17
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ރާއްޖެއެމްވީ
ފެނަކައަށް އަމާޒުކުރާ ތުހުމަތުތައް
ކުންފުނީގެ ދަރަންޏާ ގުޅެގޮތުން ދެކެވެނީ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ވާހަކަތަކެއް: ސައީދު
ކުންފުންޏާ ހަވާލުވީއިރު ދަރަންޏަކީ 1.2 ބިލިއަން
މިހާތަނަށް ދަރަނީގެ ގޮތުގައި އިތުރުވީ 132 މިލިއަން ރުފިޔާ

ފެނަކައިގެ ދަރަންޏާ ގުޅޭގޮތުން އާންމުގެ ތެރޭގައި އެ ވާހަކަތައް ފަތުރާ ބަޔަކު އެކަން ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ފެނަކައަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކައިގައި ދަރަނީގެ ގޮތުގައި އޮތީ 1.2 ބިލިއަން ރުފިޔާ ކަމަށެވެ. އެ ދަރަންޏަށް މިހާތަނަށް އިތުރުވި މިންވަރަކީ ގާތްގަނޑަކަށް 132 މިލިއަން ރުފިޔާކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

ފެނަކައިން ރާއްޖޭގެ 155 ރަށަށް ޚިދުމަތްދޭއިރު، ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި ހުރިހާ ހިސާބަކުން ވެސް ތަފާތު ފެނިފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ރަށްރަށުގައި އައު އިންޖީނުގެތައް ގާއިމުކުރެވި، ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތްތައް ދޭން ފެށިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކަ އުފެދުނީއްސުރެ އެކުންފުންޏަކީ ގެއްލުމުގައި ހިންގަމުން އައިސްފައިވާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ވެސް ނޫން ކަމަށާއި، އެހެންނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ހުރިހާ ކަމެއް ވެސް ބަދަލުކުރެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް