ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 22:34
ފުވައްމުލަކުގައި ބޭއްވި ރައުޔު ފޯރަމްގެ ތެރެއިން
ފުވައްމުލަކުގައި ބޭއްވި ރައުޔު ފޯރަމްގެ ތެރެއިން
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް
ކުދިންގެ ރައުޔު ފޯރަމް
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ހިޔާލާއި އަދި އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށް ބާއްވާ ފޯރަމެއް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފިއެވެ.

މި ފޯރަމް ބާއްވާފައިވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލްގައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ފުވައްމުލަކުގެ 4 ސްކޫލަކަށް 101 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި، ހާފިޒް އަހުމަދު ސްކޫލް ދަރިވަރުންގެ އިތުރަށް ފުވައްމުލަކު ސްކޫލުގެ ދަރިވަރުން ހިމެނެއެވެ.

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ހިޔާލާއި އަދި އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން މި ފޯރަމުގައި ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި ތަފާތު 10 މައުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ.

އަދި ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކިއެކި ކަންކަމުގައި ކުދިންގެ ހިޔާލާއި މަޝްވަރާ ހިއްސާކޮށްފައިވެއެވެ. ޗިލްޑްރަސްންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދިޔަ މި ފޯރަމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިން ވެސް ރާއްޖޭގެ ދެ ސަރަހައްދަކަށް އަމާޒުކޮށްގެން ބައްވާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މެއި މަހު އައްޑޫ ހައި ސްކޫލުގައި ވަނީ ކުދިންގެ ރައުޔު ފޯރަމެއް ބައްވާފައެވެ. އަދި ހދ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށި ސިޓީގައި އޮގަސްޓު މަހުގައި ވަނީ ކުދިންގެ ރައުޔު ފޯރަމެއް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް