ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 12:13
"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ގައި އޭސީސީގެ ރައީސް ވާހަކަދައްކަވަނީ
"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ގައި އޭސީސީގެ ރައީސް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އޭސީސީގެ މަސައްކަތްތައް
ފާއިތުވި 7 އަހަރު ކުންފުނިތަކަށް 234 ރެކޮމެންޑޭޝަން ދިން، އެއަށް ފަހު މާ ބޮޑު ކަމެއް ކޮށްފައެއް ނުވޭ: އޭސީސީ
7 އަހަރުގެ ތެރޭގައި ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ އޭސީސީއަށް ހުށަހަޅާފައިވޭ
މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އެވިލުއޭޝަން ޑިޕާޓްމަންޓެއް އެބައޮތް

ފާއިތުވި 7 އަހަރު ކުންފުނިތަކަށް 234 ރެކޮމަންޑޭޝަން ދީފައިވާ ކަމަށާއި އެއަށް ފަހު މާ ބޮޑު ކަމެއް ކޮށްފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު "މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާމިލް ވަނީ އޭސީސީގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޝަކުވާތައް ބެލުމަށްފަހު އެ ކޮމިޝަނުން ކުންފުނިތަކަށް 234 ރެކޮމެންޑޭޝަން ދިން ނަމަވެސް އެއަށް ފަހު މާބޮޑު މަަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭސީސީ އިން ދޭ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރޭތޯ ބެލުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަން ބެލޭނެ ނިޒާމެއް އެކުލަވާލާފައި ނެތުންކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

އެކަން ހައްލުކުރުމަށް މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އިވޭލުއޭޝަން ޑިޕާޓްމަންޓެއް އުފައްދާފައިވާ ކަމަށާއި މިހާރު އޭސީސީގައި ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނިތަކާ އެކުގައި އޭސީސީ އޮތްކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަޒާހަތްތެރި ދައުލަތެއް ގާއިމްކުރުމުގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭސީސީ އަށް ހުށަހަޅާ މައްސަލަތަަކަށް ބަލާލުމުން ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި، މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާ ގޮތާއި، ސީއެސްއާރު މަސައްކަތްތައް ކުރާ ގޮތުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ކުރުމަށް ޖާގަ ލިބެނީ ހާމަކަން ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަނުގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި، ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ކަންކަން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
5 ޑިސެންބަރ 2022 | ހޯމަ 14:41
ލާމު
ކ.ހުރާ ކައުންސިލްގެ އެންމެ ފަހުން ކުރި އޯޑިޓްގެ ރިޕޯޓްގައި ބަލަންހުރި ކަންކަން ބެލިއްޖެތޯ.