ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 08:57
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް
މި ސަރުކާރުން ދޭ ފްލެޓްތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދޭނަން، ރައްޔިތުން ހާލުގައި ނުޖައްސާނަން: މިއުވާން
3 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ފޯމްތައް ޕްރޮސެސްކޮށް ނިމޭނެ ކަމަށް ލަފާކުރެވޭ
ފްލެޓާއި، ގޯއްޗަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށަހަޅާފައިވޭ

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ދޭ ފްލެޓްތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭނީ ކޮން އިރަކުންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ކުއްލިއަކަށް ލިޔުންތަކެއް ބަހާލުމަށް ފަހު ޖެހިގެން އަންނަ ދުވަހު ފްލެޓް ބަލަން ދާން ނުބުނާނެ ކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތް ކުރާ އިރު ރައްޔިތުން ހާލުގައި ނުޖައްސާނެ ކަަމަށާއި ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ހަވާލުކުރެވޭނެ ކަަމަށް މިއުވާން ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެރޭ 11:59 ގައެވެ. މި ދެ ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 2 ކޮޓަރީގެ ފްލެޓަށް އެދި 6،208 މީހުން ފޯމު ހުށަހަޅާފައިވާއިރު، 3 ކޮޓަރީގެ ފްލެޓަށް އެދި 14،489 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އަދި ބިންވެރިޔާ ސްކީމަށް 15،164 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ. ޕޯޓަލްއަށް ފޯމު ހުށަހަޅާ ވަގުތުން ފެށިގެން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް 3 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް