ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 06:17
އިބްރާހީމް ޝަހީބު
އިބްރާހީމް ޝަހީބު
ރައީސް އޮފީސް
ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރު
އިތުރު ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް ޝަހީބު
ޝަހީބް މިހާރު ހުންނެވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައި

ދިވެހިރާއްޖެ އިން ތިން ގައުމަކަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށްވާ ހ. ޖެހޭވައި، އިބްރާހީމް ޝަހީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފި އެވެ.

ޝަހީބް މިހާރު ހުންނެވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އިތުރު ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް އިބްރާހީމް ޝަހީބް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ 46 މެންބަރުންގެ އިއްތިފާގުންނެވެ.

ނޮން ރެސިޑެންޓް ސަފީރުކަމަށް ޝަހީބު އައްޔަނުކޮށްފައިވަނީ ކިންގްޑަމް އޮފް ބޫޓާން، ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ނޭޕާލް އަދި ރިޕަބްލިކް އޮފް އަޒަރބައިޖާނަށެވެ.

Advertisement

ޝަހީބަށް ރުހުން ދިނުމުގެ މި މައްސަލަ ދިރާސާކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

އާންމު ގޮތެއްގައި ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ އެމްބަސީ ގާއިމުކޮށްފައި ނުހުންނަ ގައުމުތަކަށެވެ. ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީބް މީގެ ކުރިން ފުރުއްވާފައިވާ މުހިއްމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި، ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް