ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 15:44
ދިރާގު
ދިރާގު
ދިރާގު
ދިރާގު
"ވާވޮށި ޓަރޓަލް ފެސްޓިވަލް" ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު
މިއީ ނުވަ ރަށެއްގައި ކުރިއަށްދާ ފެސްޓިވަލެއް
މިއީ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލެއް

ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ "ވާވޮށި ޓާރޓަލް ފެސްޓިވަލް 2022" ގެ ޑިޖިޓަލް ޕާޓްނަރެެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މިއީ ބައިންލައަޤްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރު 2022 ގައެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ނ. ޅޮހި، ރ. ފައިނު، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހުރާ، ކ. މާފުށި، ވ. ކެޔޮދޫ އަދި ސ. ފޭދޫގައެވެ. މި ރަށްރަށުގައި ފެސްޓިވަލް ކުރިއަށްގެންދާނީ ސްކޫލްތަކާ ގުޅިގެންނެވެ. އެގޮތުން ގްރޭޑް 12އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލް ގައި ބައިވެރިވެވޭނެއެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެސްޓިވަލް ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި 'ވާވޮށި ފެސްޓިވަލް ރެލީ' ގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިފެސްޓިވަލްއާ ގުޅުވައިގެން މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއްވެސް ވަނީ ފަށައިފައެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ އެކުންފުޏީގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް