Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 12:23
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ރާއްޖެއެމްވީ
ފޯޅަވަހީގެ މައްސަލަ
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް
ފޯޅަވައްސަކީ ކޮންބައެއްގެ ތަނެއްކަމެއް ނޭނގޭތީ އެކަމުގައި މާބޮޑު ނިންމެވުމެއް ނުނިންމެވޭނެކަމަށް ކުރިން ވިދާޅުވި
ފޯޅަވަހީގެ މައްސަލައިގައި މާކުރީގެ ސިޓީއެއް އެބައުޅޭ

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާކޮށްފައި ނުވާކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަދި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ފޯޅަވަހީގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މިހާރު މި ނުކުމެއްގެން އުޅޭ ޗާގޮސް މައްސަލަ ނުކުތް ކަމަށެވެ. އެއިރު އިނގިރޭސީ ސަރުކާރުން ބޭނުންވީ ރާއްޖެއިން އިނގިރޭސީ ސަރުކާރާ އެއްކޮޅަށް ތާއިދުކުރަން ކަމަށެވެ.

Advertisement

ނަމަވެސް އެއިރު ފޮރިން މިނިސްޓަރުކަމުގައި ހުންނަވައިގެން އިނގިރޭސި ސަރުކާރުގެ ދެންނެވުމުގެ ޖަވާބުގައި ވިދާޅުވެފައިވަނީ ފޯޅަވައްސަކީ ކޮންބައެއްގެ ތަނެއްކަމެއް ނޭނގޭތީ އެކަމުގައި މާބޮޑު ނިންމެވުމެއް ނުނިންމެވޭނެ ކަމަށެވެ. އަދި އެތަނަކީ ކޮންބައެއްގެ ތަނެއްކަން ނިމިގެން ނޫނީ އެކަމުގައި ރާއްޖެއިން ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އެއީ އިނގިރޭސީންގެ ތަނެއްކަމެއް ވެސް އަދި މޮރިޝަސްގެ ތަނެއްކަމެއްވެސް ނޭނގޭ އަޅުގަނޑުމެންނަށް. އެހެންވީމާ އަޅުގަނޑުމެންނަށް ގޮތެއް ނުނިންމޭނޭ މިހާރަކު. އެތަނަކީ ކޮންބައެއްގެ ތަނެއްކަން އެނގުނީމަ އެތަނާއި ގުޅޭގޮތުން ކަމެއް ނިންމޭނީ. ދެން އަޅުގަނޑުމެންނަށް މާ ބޮޑު ފައިދާއެއް ނެތް އެގޮތަށް ނިންމައިގެން ވެސް. ފައިދާއެއް އޮތްކަމަށް އަޅުގަނޑު ނުދެކެން އެއިރަކު. ސަބަބަކީ އަޅުގަނޑުމެންނަށް އެއިންވާ ފައިދާއެއް ނޯވޭ. އޯޕަންކޮށް އޮތަސް އޯކޭ. އެކަމަކާއި މާބޮޑަކަށް ނޫޅޭ އެއިރަކު
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މިނިސްޓަރު ނަސީމް ވިދާޅުވީ ފޯޅަވައްސަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ތަނެއްގެ ގޮތުގައި ދައުވާއެއް ނުކުރާ ކަމަށެވެ. ނަމަވެސް ފޯޅަވަހީގެ މައްސަލައިގައި މާކުރީގެ ސިޓީއެއް އެބައުޅޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އަތުގައި މާބޮޑު ރިކޯޑެއް އެއްޗެއް ވެސް ނެތް ކަމަށެވެ.

އަޅުގަނޑު ނުދެނަހުރިން އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ތަނެއްގެ ކަމެއް ނުވަތަ ދިވެހި ދިރިއުޅުނުކަމެއް ރެކޯޑުން ނުދައްކާ. އިބްރާހިމް ޝިހާބް އަޅުގަނޑު ކައިރި ވިދާޅުވި ފޯޅަވައްސައް ވިޔަފާރިއަށް ދިޔަކަން. އަޅުގަނޑުގެ ބައްޕަ ވަޑައިގެންނެވި. ވަންނަން ވަރަށް އުނދަގޫތަނެއްގެ ގޮތުގައި ބައްޕަ އަޅުގަނޑު ގާތު ވިދާޅުވި. ވަރަށް ވަރުގަދަ ފަރު އޮންނަ ތަނެއްކަމަށް ވިދާޅުވި. އަޅުގަނޑުމެންނާއި މާބޮޑު ގުޅުންތަކެއް އޮތްތަނެއް ނޫން އެއީ. އެކަހަލަ އެއްވެސް މައުލޫމާތެތް ނެތް
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މިނިސްޓަރު ނަސީމް ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި މިހާރު ވާހަކައްދަކަމުން އެދަނީ މާބޮޑު އެއްޗެއް އެނގިގެން ނޫން ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި އެކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. އަދި އެ ރަށުގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޖަރުމަނުގައި ހުންނަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައެކެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް