ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 13:50
އޭނާ ވަނީ 12 ގަޑިއިރުގެ ތެރޭގަ އެންމެ ގިނަ ޑަބަލް-އަންޑަރ ސްކިޕްސް އަދި ހުއްޓުމެއް ނެތި އެންމެ ގިނަ ޢަދަދަކަށް ޖަމްޕް ރޯޕް ކްރޮސްއޯވަރޒްއާއެކު ގިނިސް ވޯލްޑް ރެކޯޑްތަކެއް ހޯދާފައިވާ މީހެއް
ފުމެގެން ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުން
ފުމެމުން ފުމެމުން ގޮސް، ދުނިޔޭގެ ރެކޯޑްތަކެއް މުގުރާލައިފި!
 
އޮލޯންޒޯ، އޭނާގެ އެންމެ ފަހުގެ ރެކޯޑް ކާމިޔާބު ކުރީ ޖުލައި މަހުގެ ތެރޭގައި، ގިނިސްއިން އޭނާއަށް ވޯލްޑް ރެކޯޑްގެ ސެޓިފިކޭޝަން ދިނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި
 
އޮލޯންޒޯގެ ރެކޯޑަކީ، ހުއްޓުމެއް ނެތި 3731 ފަހަރު، ޖަމްޕްރޯޕް ކްރޮސްއޯވަރޒް ހަދައިގެން ހޯދި ރެކޯޑެއް
 
މީގެ ކުރިން ރެކޯޑެއް ހެދީ 2021 ވަނަ އަހަރު، އެ ފަހަރުވެސް އޭނާ ހެދީ ފުންމުމުގެ ރެކޯޑެއް، އެއީ 12 ގަޑިއިރުގެ ތެރޭގައި 40980 ޑަބަލް-އަންޑަރ ސްކިޕްސް ހަދައިގެން

ބަލާ ބެލުމަށް ކިތަންމެ ކުޑަ ކަމެއް ހެން ހީވާ ކަމެއް ކޮށްލައިގެންވެސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ކަށަވަރު ވެދާނެއެވެ. ނަމަވެސް، އެކަމުގެ ހުރި ވޭނާއި ބުރަކަން އިހްސާސް ކުރެވޭނީ އަމަލީ ގޮތުން އެކަމެއް ކުރުމުންނެވެ. ފެންނަ ފެނުމަށް ފަސޭހަ، އެހެން ނަމަވެސް، އަމަލީ ގޮތުން އެކަމެއް ކުރަން އިންތިހާއަށް ތަކުލީފު ބޮޑު ކަމެއް ކޮށްގެން ދާދި ފަހުން، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދި އެކަކީ ފިލިޕީންސްގެ ޒުވާނެއް ކަމަށް ވާ ރަޔަން އޮލޯންޒޯއެވެ. އުމުރުން 35 އަހަރުގެ ރަޔަން ހޯދީ އެންމެ ރެކޯޑްއެއް ނޫނެވެ.

މަށަކީ ރަޔަން އޮލޯންޒޯ. މަށަކީ، 12 ގަޑިއިރުގެ ތެރޭގަ އެންމެ ގިނަ ޑަބަލް-އަންޑަރ ސްކިޕްސް އަދި ހުއްޓުމެއް ނެތި އެންމެ ގިނަ ޢަދަދަކަށް ޖަމްޕް ރޯޕް ކްރޮސްއޯވަރޒްއާއެކު ގިނިސް ވޯލްޑް ރެކޯޑްތަކެއް ހޯދާފައިވާ މީހެއް.
ރަޔަން އޮލޯންޒޯ؛ ގިނިސް ރެކޯޑްތަކެއް ހަދާފައިވާ ޒުވާނެއް

އުމުރުން 35 އަހަރުގެ އޮލޯންޒޯ، އޭނާގެ އެންމެ ފަހުގެ ރެކޯޑް ކާމިޔާބު ކުރީ ޖުލައި މަހުގެ ތެރޭގައެވެ. އަދި ގިނިސްއިން އޭނާއަށް ވޯލްޑް ރެކޯޑްގެ ސެޓިފިކޭޝަން ދިނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޮލޯންޒޯގެ ރެކޯޑަކީ، ހުއްޓުމެއް ނެތި 3731 ފަހަރު، ޖަމްޕްރޯޕް ކްރޮސްއޯވަރޒް ހަދައިގެން ހޯދި ރެކޯޑެކެވެ. ޖަމްޕްރޯޕް ކްރޮސްއޯވަރޒްއަކީ ފުންމަން ބޭނުން ކުރާ ސްކިޕިންގް ރޯޕް ފަދަ އެއްޗެއް ބޭނުންކޮށްގެން، ހަށިގަނޑުގެ ކުރިމަތިންނާއި ފަހަތުން އެ ވާގަނޑު ހުރަސްކޮށް، ހުރަސް ވާ ގޮތަށް އެ ވާގަނޑު އަނބުރަމުން، އޭގެ ތެރެއިން ފުންމާ ފުންމުމެކެވެ.

މި ރެކޯޑްގަ ފައި އޮޅިގެން ނުވާނެ. ފުންމުނު ހާ ގިނައެއްކޮށް ފުންމަންވީ، ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި. ކުރީގެ ރެކޯޑްގަ ފުންމާފަ އޮތީ 2405 ފަހަރު. އެހެންވެ، މިދިޔަ މަހު މި ފުންމީ 3700 އަށް ވުރެ ގިނަ ފަހަރު.
ރަޔަން އޮލޯންޒޯ؛ ގިނިސް ރެކޯޑްތަކެއް ހަދާފައިވާ ޒުވާނެއް

އޮލޯންޒޯ މީގެ ކުރިން ރެކޯޑެއް ހެދީ 2021 ވަނަ އަހަރު. އެ ފަހަރުވެސް އޭނާ ހެދީ ފުންމުމުގެ ރެކޯޑެކެވެ. އެއީ 12 ގަޑިއިރުގެ ތެރޭގައި 40980 ޑަބަލް-އަންޑަރ ސްކިޕްސް ހަދައިގެންނެވެ. އަންޑަރ ސްކިޕްސްއަކީ އެއް ފުންމާލުމުގެ ތެރޭގައި، ހަށިގަނޑުގެ ދަށުން 2 ފަހަރަށް ވާގަނޑު ހުރަސްކޮށްގެން ފުންމާ ފުންމުމެކެވެ.

2 ރެކޯޑް މުގުރާލުމުގެ ފަހަތުގައި ވަނީ އޮލޯންޒޯގެ ގަދަ ހިތްވަރާއި ޢަޒުމެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް ފަންވަރާއި ބުންވަރު ލިބުނީ، މެރަތަން ޓްރެއިނިންގް ތެރެއިން ކަމަށް އޮލޯންޒޯ ޤަބޫލު ކުރެއެވެ.

12 ގަޑިއިރުގެ ރެކޯޑަށް ތަމްރީނު ވީ ގޮތާ ބެހޭ ގޮތުން މީހަކު ސުވާލު ކުރާ ކޮންމެ ފަހަރަކު އަހަރެން ބުނަނީ، މެރަތަން ޓްރެއިނިންގްގެ ވާހަކަ. އެ ތަމްރީނުތަކުގެ ތެރެއިން ފުދޭ ވަރަކަށް ޙިކުމަތާއި، ޢިލްމު ލިބުނު. އެއީ ގަދަ ހިތްވަރާއި ޢަޒުމަށް ހަށިގަނޑު ހާނުވަން އަހަރެން ހެދި ހަމައެކަނި ތަމްރީނަކީ. މިކަމަށް ބޭނުންވާ ޢިލްމާއި ޙިލްމު އަހަރެން ހޯދީ އެ ތަމްރީނުތަކުން. ދެން އެކަން، ފުންމުމުގެ ހުނަރަށް ބަދަލު ކޮށްލީ.
ރަޔަން އޮލޯންޒޯ؛ ގިނިސް ރެކޯޑްތަކެއް ހަދާފައިވާ ޒުވާނެއް

އޮލޯންޒޯގެ އެންމެ ފަހުގެ ރެކޯޑްތަކާއެކު އޭނާއާ މިހާރު މުޚާތަބު ކުރަމުން ދަނީ "ސްކިޕްމޭން"ގެ ނަމުންނެވެ. އޮލޯންޒޯ ބުނާ ގޮތުން ސްކިޕް ކުރުން ނުވަތަ ވާގަނޑު ބޭނުންކޮށްގެން ފުންމަމުން ދާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އޭނާ އެކަން ކުރަނީ ބާސްކެޓް ކުޅުމާއި ބޮކްސިންގް ތެޅުން ފަދަ ކުޅިވަރުތައް ފެށުމުގެ ކުރިން، ހަށިގަނޑު ހާނުވާލުމަށް ނުވަތަ ވޯމް-އަޕް ކޮށްލުމުގެ މަޤުޞަދުގައި ކަމަށްވެސް އޮލޯންޒޯ ބުނެއެވެ.

އެގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައި ވީ ނަމަވެސް، ސްކިޕް ކުރުމާ މެދު އޮލޯންޒީ ސީރިއަސް ވާން ފެށީ، މުޅި ދުނިޔެ އިނދަޖައްސާލީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ލޮކްޑައުންއާއެކު، ފިޓްނަސް ސެންޓަރުތައް ބަންދުކޮށް، ބޭރު ތެރެއަށް ނުކުމެ، ހެލިފެލިވެ އުޅެވޭނެ ދޮރުތަކާއި މަގުތައް ބަންދުވި ހިސާބުންނެވެ.

ޖަމްޕްރޯޕްގެ މަސައްކަތް އަހަރެން ފެށީ މީގެ 10 ވަރަކަށް އަހަރު ކުރިން. ނޫނީ އެއަށްވުރެވެސް ކުރިން. އެކަމަކު، އޭރު އެކަން ކޮށް އުޅުނީ ވޯމް-އަޕްއެއް ގޮތަށް. ވަރކްއައުޓެއް ގޮތަށް. ބާސްކެޓް ކުޅެލުމާއި، ބޮކްސިންގްގެ ކުރިން. މިކަން ސީރިއަސް ވާން ފެށީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ. ކުރާނެ އެހެން ކަމެއް ނެތުނީމަ. ޖިމްތައް ހުރީ ބަންދުކޮށް. ބާސްކެޓް ކުޅެވޭނެ ގޮތެއް އޭރު ނެތް.
ރަޔަން އޮލޯންޒޯ؛ ގިނިސް ރެކޯޑްތަކެއް ހަދާފައިވާ ޒުވާނެއް

އޮލޯންޒޯ އަދިވެސް ހުރީ އިތުރު ރެކޯޑެއް މުގުރާލުމުގެ ޢަޒުމުގައެވެ. ނަމަވެސް، މި ވަގުތު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ، ކުޅިވަރެއްގެ ގޮތުގައި ސްކިޕް ކުރުން ކުރިއެރުވުމަށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށެވެ. އަދި ފިލިޕީންސްގެ މީހުންގެ ހިތުގައި އެކަމަށް އިތުރު ޝަޢުޤުވެރިކަން އުފެއްދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
33%
0%
33%
0%
33%
ކޮމެންޓް