ކ. މާލެ
|
23 ޖޫން 2021 | ބުދަ 22:38
އިސްކޮޅުގެ ފަރަގު އެންމެ ބޮޑު ދެމަފިރިން
އިސްކޮޅުގެ ފަރަގު އެންމެ ބޮޑު ދެމަފިރިން
އައިޓީވީ ނިއުސް
އިސްކޮޅުގެ ފަރަގު އެންމެ ބޮޑު ދެމަފިރިން
އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
ދެމަފިރިން ކައިވެނި ކުރީ 2016 ވަނަ އަހަރު
އިސްކޮޅުން ކުރުވުމުގެ ސަބަބުން އިންނާނެ މީހަކު ވާނެކަމަކަށް ޖޭމްސް ހީކޮށްފައެއް ނުވޭ
ދެމީހުންގެ އިސްކޮޅުގައި ޖުމްލަ އެއްފޫޓު 10 އިންޗީގެ ތަފާތެއް ހުރޭ

އިސްކޮޅުގެ ފަރަގު އެންމެ ބޮޑު ދެމަފިރިންގެ ގޮތުގައި، ވޭލްސްގެ ދެމަފިރިއަކު ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އުމުރުން 33 އަހަރުގެ ޖޭމްސް ލަސްޓެޑް އާއި އޭނާގެ އަންހެން 27 އަހަރުގެ ކްލޯއޭގެ އިސްކޮޅުގެ ފަރަގަކީ ގާތްގަނޑަކަށް 2 ފޫޓެވެ. ކްލޯއޭގެ އިސްކޮޅުގައި 5 ފޫޓު 5.4 އިންޗި ހުންނައިރު ފިރިމީހާގެ އިސްކޮޅުގައި ހުންނަނީ 3 ފޫޓު 7 އިންޗިއެވެ. އެހެން ކަމުން ދެމީހުންގެ އިސްކޮޅުގައި ޖުމްލަ އެއްފޫޓު 10 އިންޗީގެ ތަފާތެއް ހުރެއެވެ.

ޖޭމްސްއަކީ އެކްޓަރެކެވެ. އަދި ޓީވީ ޕްރެޒެންޓަރެކެވެ. އޭނާ އިސްކޮޅުން ކުރުވުމުގެ ސަބަބުން އިންނާނެ މީހަކު ވާނެކަމަކަށް ހީކޮށްފައެއް ނުވެއެވެ. އަދި ބޮޑުވަމުން އައި އިރު ބައެއް މީހުން އޭނާއަށް ދުވަހަކު ވެސް އިންނާނެ މީހަކު ނުލިބޭނެ ކަމަށާއި، އެކަހަލަ މީހަކާ އިންނާނީ ކާކުތޯ ސުވާލު ކުރުާކަމަށް ޖޭމްސް ބުނެއެވެ.

މި ދެމަފިރިން ފުރަތަމަ ބައްދަލުވީ 2012 ވަނަ އަހަރުގައެވެ. އެމީހުން ލޯބީގެ ގޮތުން ގުޅުނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކައިވެނި ކުރީ 2016 ވަނަ އަހަރުގައެވެ.

ކައިވެންޏަށް ފަސް އަހަރު ވެފައި ވާއިރު، ދެމަފިރިންނަށް ލިބުނު އަންހެން ދަރިފުޅަށް މިހާރު ވަނީ ދެ އަހަރު ފުރިފައެވެ.

ކްލޯއޭ ބުނީ ދެމީހުންގެ ލޯބީގެ ވާހަކަ ފޮތުގެ ބަނޑޭރިގަނޑަށް ބަލައިލުމުން އޭގެ އަސްލު ނޭނގޭނެ ކަމާއި، އެއްވެސް ޝަރުތަކާ ނުލާ ލޯބިވާން ދަސްކޮށްދީފި ކަމަށެވެ.

- ކޮމެންޓް