ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 21:25
މިދިޔަ އަހަރު ފައިނަލްގައި ހެޓްރިކް ހެދި އާރުއާރުސީގެ އާދަމް ނާސިހު؛ ފޮޓޯ-އާރުއާރުސީ
މިދިޔަ އަހަރު ފައިނަލްގައި ހެޓްރިކް ހެދި އާރުއާރުސީގެ އާދަމް ނާސިހު؛ ފޮޓޯ-އާރުއާރުސީ
ކްލަބް މޯލްޑިވްސް ކަޕް
މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެޓީމް މިފަހަރުގެ ދެވަނަ ބުރުގައި
 
ދެވަނަ ބުރު ފަށާނީ ހޯމަދުވަހުގެރޭ

މިދިޔަ އަހަރު ކްލަބް މޯލްޑިވްސްގެ ފައިނަލްގައި ވާދަކުރި ދެޓީމް މިފަހަރު ދެވަނަ ބުރުގައި ވާދަކުރަން ޖެހިއްޖެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބާއި, ޓީމް ފިއުލް ސަޕްލައި މޯލްޑިވްސް ދެވަނަ ބުރުގައި ވާދަކުރަން ޖެހުމުން މިދެޓީމް މިފަހަރުގެ ފައިނަލްގައި ނުކުޅޭނެކަން ޔަޤީންވީއެވެ. ހުކުރު ދުވަހު ހަވީރު އޮތް ގުރުއަތުލުމަށްފަހު ވެމްކޯ ވާދަކުރަން ޖެހެނީ ޓީމް އެލައިޑާއެވެ. މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ދެވަނަ ބުރުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއެވެ. ވަރުގަދަކޮށް ފެންނަ ޓީމް ފެނަކަ ވާދަކުރާނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއެވެ. އެސްޓީއޯ ރެކްރިއޭޝަން ކްލަބް ވާދަކުރާނީ ކްލަބް އެއަޕޯރޓްސްއާއެވެ. އެމްޕީއެލް ވާދަކުރަން ޖެހުނީ މޯލްޑިވިއަންއާއެވެ. ކްލަބް އެޗްޑީސީ ދެވަނަ ބުރުގައި ވާދަކުރާނީ އޭވިއޭޝަން ސެކިއުރިޓީގެ ޓީމާއެވެ. ސްޓެލްކޯ ކްލަބް ވާދަކުރާނީ އެމްޑަބްލިޔުއެސްސީގެ ޓީމް ފެން އާއެވެ.

ގަދަ 16 ޓީމް ވާދަކުރާ ދެވަނަ ބުރު ފަށާނީ ހޯމަ ދުވަހުގެރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް