ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 14:32
ފަހު މެޗުގައި ލަނޑު ޖެހުމަށްފަހު އެޗްޑީސީ ކުޅުންތެރިން
ފަހު މެޗުގައި ލަނޑު ޖެހުމަށްފަހު އެޗްޑީސީ ކުޅުންތެރިން
އިމޭޖަސް.އެމްވީ
ކްލަބް މޯލްޑިބްސް ކަޕް
އެލައިޑާއި ސިފައިން ދެވަނަ ބުރަށް
 
ދެން އޮތީ ދެވަނަ ބުރުގެ މެޗުތައް

އެލައިޑާއި ދިވެހި ސިފައިންގެ ކްލަބް ކްލަބް މޯލްޑިވްސްކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ފަހު ޖާގަަ މި ދެ ޓީމު ހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ޓީމް އެލައިޑް ފަހު މެޗުގައި ކްލަބް އިމިގްރޭޝަން ބަލިކުރީ 2-0 ނެވެ. އެލައިޑަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ހާމިދުއާއި, މުހައްމަދު އިސާމްއެވެ. އެލައިޑް ހިމެނޭ ގްރޫޕްގެ އެއްވަނަ ހޯދީ އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ. އެސްޓީއޯ ވަނީ ފަހު މެޗުގައި 10-0 ން މުލީއާގެ ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. އެސްޓޯއޯ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

ގްރޫޕް ޖީގެ ދެވަނަ ޓީމްގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބް ދެވަނަ ބުރު ޔަޤީން ކުރީ ފަހު މެޗުގައި 6-2 ން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކޮށްގެންނެވެ. މިގްރޫޕުން އެއްވަނަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ކްލަބް އެޗްޑީސީއެވެ. އެޗްޑީސީ ފަހު މެޗު ކާމިޔާބުކުރީ ކްލަބް ޓީޓީއެސްއާ ވާދަކޮށް 5-2 ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް