Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 08:00
ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލް މެންބަރު މުހައްމަދު ހަލީމް
ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލް މެންބަރު މުހައްމަދު ހަލީމް
ރާއްޖެއެމްވީ
އެކައުންޓެންޓްސް ފޯރަމް
މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި ރާއްޖޭގެ އިގްތިސާދާ ގުޅުންހުރި ސެޝަންތަކެއް
އެކައުންޓެންޓްސް ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 29ން 30 އަށް
23 އޮކްޓޯބަރުގެ ނިޔަލަށް ރަޖިސްޓްރޭޝަން ކުރިއަށްދާނެ

މިއަހަރުގެ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އަލިއަޅުވާލެވިގެންދާނެ ކަމަށް ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 29 އަދި 30 މި ދެ ދުވަހުއެވެ. ފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ. ފޯރަމްއާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ފޯރަމްގައި ރަޖިސްޓްރީވުމުގެ ކަންކަން އަދިވެސް ކުރިއަށްދާކަމަށެވެ. 23 އޮކްޓޯބަރާ ހަމައަށް ރަޖިސްޓްރޭޝަން ކުރިއަށްދާނެ ކަމަށެވެ.

Advertisement

މިއަހަރުގެ ފޯރަމް ކުރިއަށްދާ ތީމަކީ "އިކޮނޮމިކް ޓްރާންސްފޮރމޭޝަން، ރީތިންކިން ގްރޯތް އިން ދަ ނިއު އިކޮނޮމީ" އެވެ. ހަލީމް ވިދާޅުވީ މީގެ ކުރިން ބޮޑަށް ފޯކަސްކޮށްފައިވާނީ ޓެކްނިކަލް ސެޝަންތަކަށް ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ ފޯރަމްގައި އިގްތިސާދު ކުރިއަރުވަން އެކި ދާއިރާތަކުން ކުރެވޭނެ ކަންކަމާ ގުޅޭ ސެޝަންތައް ކުރިއަށްދާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

މިފަހަރުގެ ތީމް މިއޮތީ އިގްތިސާދުގެ ތަފާތު އެކި ސެކްޓަރުތަކަށް އަމާޒު ކުރެވިފައި
މުހައްމަދު ހަލީމް

ހަލީމް އިތުރަށް ވިދާޅުވީ މިއަހަރުގެ ފޯރަމްގައި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވަކިވަކި ފަރުދުންނާއި، އޮޑިޓަރުންނާއި، ކޮންސަލްޓެންޓުނާއި، ފައިނޭންސް ޕްރޮފެޝަނަލުންނައި، ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކިޔަވާ ކުދިންނަށް ވެސް މި ފޮރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި ފޯރަމްގައި އެކައުންޓިންއާއި، ފައިނޭންސިންގެ ދާއިރާއިން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވިގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް