ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުން މޮޅުވިޔަސް ޔުނައިޓެޑް ބީއެމްއެލް ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ފަހު މެޗުގައި 4-1 ން ޓީމް ސިވިލް ކޯޓް އަތުން މޮޅުވިޔަސް, ބީއެމްއެލް ކެޓީ ލަނޑުގެ ތަފާތުންނެވެ. ތިން މެޗުން ބީއެމްއެލްއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ކްލަބް އެއަޕޯރޓްސްއެވެ. އެޓީމަށްވެސް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. އެކަމަކު ލަނޑުގެ ތަފާތުން ބީއެމްއެލްއަށްވުރެ ކުރި ލިބުމުން ދެވަނަ ބުރުގެ ޖާގަ ލިބުނީއެވެ. ކްލަބް އެއަޕޯރޓްސް ފަހު މެޗުގައި 3-1 ން ޓީމް ފެނަކަ އަތުން ބަލިވިއެވެ. ފެނަކަ ވަނީ މެޗަށް ނުކުތްއިރު ވެސް ދެވަނަ ބުރު ޔަޤީންކޮށްފައެވެ.
ކްލަބް އޭވިއޭޝަން ސެކިއުރިޓީއާއި މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީވެސް ވަނީ ދެވަނަ ބުރު ޔަޤީންކޮށްފައެވެ. ގްރޫޕް ސީގެ ފަހު މެޗުގައި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ވަނީ 2-1 ން ޓްރޭޑް ކްލަބް ބަލިކޮށްފައެވެ. އަދި އެއަޕޯރޓްސް ކޮމްޕެނީ ވަނީ ފަހު މެޗުގައި 5-2 ން ޓީމް ޑީޖޭއޭ ބަލިކޮށްފައެވެ. މިގްރޫޕްގެ އެއްވަނަ އެމްއޭސީއެލް ހޯދީ ގޯލްގެ ތަފާތުންނެވެ. ދެވަނަ ހޯދީ ޓީމް އޭވިއޭޝަން ސެކިއުރިޓީއެވެ.