ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 08:42
ނަސިއޮނާލާއެކު ލީގު ކާމިޔާބުކުރުމަށްފަހު ސުއަރޭޒް
ނަސިއޮނާލާއެކު ލީގު ކާމިޔާބުކުރުމަށްފަހު ސުއަރޭޒް
ޓްވިޓަރ
ސުއަރޭޒް
ނަސިއޮލާނާއެކު ސުއަރޭޒް އުރުގުއޭ ލީގު ކާމިޔާބުކޮށްފި
މިއީ އަލުން އެނބުރި ނަސިއޮނާލަށް ބަދަލުވި ފަހުން ސުއަރޭޒް އެ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ތަށި

ނަސިއޮނާލާއެކު ލުއިސް ސުއަރޭޒް އުރުގުއޭ ލީގު ކާމިޔާބުކޮށްފިއެވެ.

މިއީ އަލުން އެނބުރި ނަސިއޮނާލަށް ބަދަލުވި ފަހުން ސުއަރޭޒް އެ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ. ލީގުގައި އޭނާ ވަނީ އެ ޓީމަށް 10 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ.

ލީގު ޗެމްޕިއަންކަން ނަސިއޮނާލުން ހޯދީ ސެރިޓޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މެޗުގައި ނަސިއޮނާލްގެ ލަނޑުތައް ޖެހީ ފްރެންކޯ ރޮސާ އާއި ފެލިޕޭ ކާބަލޯއެވެ. ސެރިޓޯގެ ލަނޑު ޖެހީ ހޫލިއަން ޕެރުއޯއެވެ.

މިއީ ސުއަރޭޒް އޭނާގެ ސީނިއާ ކެރިއަރުގައި ކާމިޔާބުކުރި 20 ވަނަ ތައްޓެވެ. އޭނާ ވަނީ ނަސިއޮލާގެ އިތުރުން އަޔެކްސް، ލިވަޕޫލް، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑާއެކު ވެސް ތަށި ކާމިޔާބުކޮށްފައެވެ.

އެތުލެޓިކޯ ދޫކޮށް ސުއަރޭޒް ނަސިއޮނާލަށް ބަދަލުވީ މިއަހަރުއެވެ. އެ ޓީމަށް އޭނާ ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޓީމަކީ އޭނާގެ ސީނިއާ ކެރިއަރު ފެށި ޓީމަށް ވުމެވެ. މީގެ އިތުރުން ޤަތަރުގައި ފަށާ ވޯލްޑް ކަޕަށްވާއިރަށް ރަނގަޅު ފޯމެއްގައި ހުންނަން ވެސް އޭނާ ބޭނުންވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް