ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 10:53
ފަތުރުވެރިކަމުގެ ދާއިރާއިން ލިބެންޖެހޭ ޓެކްސްގެ އަދަދު ބޮޑު
ފަތުރުވެރިކަމުގެ ދާއިރާއިން ލިބެންޖެހޭ ޓެކްސްގެ އަދަދު ބޮޑު
ޓްވިޓަރ
ޓެކްސްގެ ތަފާސްހިސާބު
އޮގަސްޓުގެ ނިޔަލަށް 872.4 މިލިއަން ރުފިޔާ ޓީޖީއެސްޓީގެ ގޮތުގައި ނުލިބޭ – ފިނޭންސް މިނިސްޓްރީ
އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ އަތޮޅުން
އޮގަސްޓް 2022ގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 85.49 މިލިއަން ރުފިޔާ ނުލިބޭ

ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީގެ ގޮތުގައި 872.4 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

ފިނޭންސް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީގެ ގޮތުގައި 632 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި 240.3 މިލިއަން ރުފިޔާ ނުލިބޭ ކަމަށެވެ. ޖުމްލަ 872،443،873.50 (އަށްސަތޭކަ ހަތްދިޔަ ދެ މިލިއަން ހަތަރުސަތޭކަ ސާޅީސް ތިން ހާސް އަށްސަތޭކަ ހަތްދިހަ ތިން ރުފިޔާ ފަންސާ ލާރ) ނުލިބޭކަމަށް ފިނޭންސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޮގަސްޓް 2022ގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 85.49 މިލިއަން ރުފިޔާ ނުލިބޭކަމަށް ވަނީ ބުނެފައެވެ. އަދި ޖޫރިމަނާގެ ގޮތުގައި 42.9 މިލިއަން ރުފިޔާ ނުލިބޭ ކަމަށާއި، ޖުމްލަ 128،418،500.31 (ސަތޭކަ އަށާވީސް މިލިއަން ހަތަރުސަތޭކަ އަށާރަހާސް ފައްސަތޭކަ ރުފިޔާ ތިރީސް އެއްލާރި) ނުލިބޭކަމަށް ވަނީ ބުނެފައެވެ.

މިނިސްޓަރުގެ ޖަވާބާއެކު ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ތައާރަފްކުރި ތާރީހުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޓެކްސް ނެގޭ ހަރަކާތްތަކުން ރިޕޯޓްކޮށްފައިވާ ޓެކުހުގެ އަދަދު ވަނީ ހިއްސާކޮށްފައެވެ.

ޖީއެސްޓީ (އާންމު) ލިބިފައިވާ މިންވަރު (2014ން 2018ށް)

  • 2014 ވަނަ އަހަރު 72،863،369 ރުފިޔާ
  • 2015 ވަނަ އަހަރު 146،432،385 ރުފިޔާ
  • 2016 ވަނަ އަހަރު 146،325،056 ރުފިޔާ
  • 2017 ވަނަ އަހަރު 167،493،705 ރުފިޔާ
  • 2018 ވަނަ އަހަރު 152،016،254 ރުފިޔާ

ޖީއެސްޓީ (ޓުއަރިޒަމް) ލިބިފައިވާ މިންވަރު (2014ން 2018ށް)

  • 2014 ވަނަ އަހަރު 2،803،500،575 ރުފިޔާ
  • 2015 ވަނަ އަހަރު 3،715،544،036 ރުފިޔާ
  • 2016 ވަނަ އަހަރު 3،583،686،974 ރުފިޔާ
  • 2017 ވަނަ އަހަރު 4،166،187،740 ރުފިޔާ
  • 2018 ވަނަ އަހަރު 4،232،229،850 ރުފިޔާ

ގްރީން ޓެކްސް

  • 2016 ވަނަ އަހަރު 379،887.00 ރުފިޔާ
  • 2017 ވަނަ އަހަރު 1،198،201.22 ރުފިޔާ
  • 2018 ވަނަ އަހަރު 1،501،652.00 ރުފިޔާ

މި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ އަތޮޅުންނެވެ. އެގޮތުން 2016 ވަނަ އަހަރު 134،001.00 ރުފިޔާ ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. އަދި 2017 ވަނަ އަހަރު 582،522.00 ރުފިޔާ ވަނީ ލިބިފައެވެ. އަދި 2018 ވަނަ އަހަރު 771،440.00 ރުފިޔާ ލިބިފައިވެއެވެ.

- ކޮމެންޓް