ރީޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި ވެމްކޯ ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށް ދެވަނަ ބުރު ކަށަވަރުކޮށްފިއެވެ.
ގްރޫޕް ބީގައި އާރުއާރުސީ ތިންވަނަ މެޗު ކާމިޔާބުކުރީ މޯލްޑިވިއަންއާ ވާދަކޮށް 2-0 ނެވެ. މެޗުގައި އާރުއާރުސީގެ ދެ ލަނޑުވެސް ޖެހީ އަލީ ހާފިޒުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އާރުއާރުސީ ވަނީ ގްރޫޕް ސްޓޭޖްގައި ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފައެވެ. މިގްރޫޕްގައި މީޑިޔާ ނެޓްގެ މައްޗަށް ޓީމް މާލޭ ސިޓީ ކައުންސިލް ވަނީ 3-0 ން ކުރި ހޯދާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހީމް ޝަހުދުއެވެ. ފަހު ދެ ލަނޑު ޖެހީ މުހައްމަދު ނާއިމްއެވެ.
ގްރޫޕް އޭގައި ވެމްކޯ ތިންވަނަ މެޗު ކާމިޔާބުކުރީ މިފްކޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 8-0 ނެވެ. މިފްކޯވެސް ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. މިގްރޫޕްގައި ޓީމް އެމްޓީސީސީއާއި ކްލަބް ފެން ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މިދެޓީމް ވެސް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.