ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 05:50
ކޮޕާ ޓްރޮފީއާއެކު ގަވީ
ކޮޕާ ޓްރޮފީއާއެކު ގަވީ
ޓްވިޓަރ
ބެލެންޑޯ އެވޯޑު
އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ބާސެލޯނާގެ ގަވީ
 
ގަވީ ކޮޕަ ޓްރޮފީ ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ އެޑުއާޑޯ ކަމަވިންގާ އާއި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާއާ ވާދަކޮށް

ފްރާންސް ފުޓުބޯޅައިން އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ގަވީ ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ހަފްލާގައި އުމުރުން 18 އަހަރުގެ ގަވީ ކޮޕަ ޓްރޮފީ ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ އެޑުއާޑޯ ކަމަވިންގާ އާއި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާއާ ވާދަކޮށެވެ. މިދިޔަ ސީޒަނުގައި ގަވީ ބާސެލޯނާގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އެ ޓީމަށް މިދިޔަ ސީޒަނުގައި 47 މެޗު ކުޅެދީ ދެ ލަނޑު ޖަހާފައެވެ.

މީގެ އިތުރުން އަހަރުގެ ސޮކްރޭޓްސް އެވޯޑު ކާމިޔާބުކޮށްފައިވަނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭއެވެ. މިއީ މިއަހަރު މުޅިން އަލަށް ދިން އެވޯޑެކެވެ. އެހެންކަމުން މާނޭ އަކީ މި އެވޯޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މި އެވޯޑަކީ އިންސާނިއްޔަތާއި، އިޖުތިމާއީ ކަންކަމަށް ޚިދުމަތް ކުރާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ. އެވޯޑު ހޯދި މާނޭ އަބަދުވެސް ފާހަގަވެފައިވަނީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އަޅާލާ، އިޖުތިމާއީ ޚިދުމަތުގައި ބޮޑެތި ހޭދަ ކުރާ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މީގެ އިތުރުން ގާޑް މުލާ ޓްރޮފީގެ ނަމުގައި އަހަރުގެ އެންމެ މޮޅު ސްޓްރައިކަރަށްދޭ އެވޯޑު ހޯދީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ވެސް މި އެވޯޑު ހޯދާފައެވެ. މިއީ ލެވަންޑޯސްކީ މި އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅެދިން 46 މެޗުން 50 ލަނޑު ޖަހާފައެވެ. ބާސެލޯނާ އަށް ބަދަލުވެ ސީޒަންގެ މިހާތަނަށް އެ ޓީމަށް ކުޅެދިން 13 މެޗުން އޭނާ ވަނީ 14 ލަނޑު ޖަހާފައެވެ.

އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ރެއާލް މެޑްރިޑުގެ ބެލްޖިއަމް ކީޕަރު ތިބައޫ ކޯޓުއާއެވެ. ކޯޓުއާ މި އެވޯޑު ހޯދީ ލިވަޕޫލްގެ އެލިސަން ބެކާ އާއި މެންޗެސްޓަރ ސިޓީގެ އެޑަސަންއާ ވާދަކޮށެވެ. ކޯޓުއާ ވަނީ މިދިޔަ ސީޒަންގެ 52 މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާފައެވެ. މީގެ އިތުރުން ރެއާލުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުުމުގައި ވެސް ކޯޓުއާގެ ދައުރު ބޮޑެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކައި އޭނާ ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން ކޯޓުއާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި ވެސް ކޯޓުއާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް