ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 19:17
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު
ރައްޔިތުން އަތުން ގެއްލުވާލި ހައްގުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަން ބަޔަކު ގަބޫލެއްނުކުރާނެ: ރައީސް އޮފީހުގެ ތަރުޖަމާނު
ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވިއިރު ނުވެ ހުރި އަސާސީ ކަންތައްތައް ގިނަ

ރައްޔިތުން އަތުން ގެއްލުވާލި ހައްގުތައް ހޯއްދަވައިދެއްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުމުން، އެކަން މީހުން ގަބޫލުނުކުރާނެ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ, ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެތެރޭ ބަންދުން ދޫކޮށްލައްވާނެކަމަށާއި، ރައްޔިތުން ކަމަކަށް ދަތިވެ ދެންނެވީމައި ރިއެކްޓުނުކުރައްވައި އަވަހާރަފުޅުލައްޕަވަން ނޯންނަވާނެކަމަށް، "މަވެސް ޕީޕީއެމް"ގެ ނަމުގައި އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެ ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިކަމާގުޅިގެން މިއުވާން ވިދާޅުވީ، ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވިއިރު ނުވެ ހުރި އަސާސީ ކަންކަން ކޮށްދެއްވާނެކަމަށާއި ރައްޔިތުން އަތުން ގެއްލުވާލި ހައްގުތައް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވުމުން، އެކަން މީހުން ގަބޫލުނުކުރާނެ ކަމަށެވެ.

މި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅުއްވައިގެން ރައްޔިތުންގެ ޝަކުވާތައް ހުންނާނެކަން ދަނެގެން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަގާމެއް ކަމަށާއި، އެހެންކަމުން އެ މަގާމު އަދާކުރައްވާއިރު، އެމަނިކުފާނު ކަންކަމުގައި ރިއެކްޓުކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އަންނަންވާނީ ވެރިކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރެއްވުމަށް ނަފްސު ތައްޔާރުކޮށް، އެ މަސްއޫލިއްޔަތުގެ ހުރި ބުރަދަން އެނގިގެން ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.

- ކޮމެންޓް