Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 16:58
ހ. އަންދަރަސްހަވާގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ހ. އަންދަރަސްހަވާގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާއެއް ހިނގުން
ހ. އަންދަރަސްހަވާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް

ހ. އަންދަރަސްހަވާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

ހ. އަންދަރަސްހަވާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެގޭގައި ރޯވި އަލިފާން ނިއްވާލާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި ހާދިސާގެ މަޢުލޫމާތު 14:45ހާއިރު ލިބުމުން އެމްއެންޑީއެފް އެފްއާރްއެސްގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުމުގެ މަަސައްކަތް ކޮށްފައެވެ.

Advertisement

ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 15:00ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. މި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް