Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 23:01
ކަލިނަރީ ޗެލެންޖް ޕްރޮޖެކްޓުގެ ޑައިރެކްޓަރު، އެލެން ޕާމަރ
ކަލިނަރީ ޗެލެންޖް ޕްރޮޖެކްޓުގެ ޑައިރެކްޓަރު، އެލެން ޕާމަރ
ރާއްޖެ އެމްވީ
ހޮޓެލް އޭޝިއާއާއި ކަލިނަރީ ޗެލެންޖް
ހޮޓެލް އޭޝިއާއާއި ކަލިނަރީ ޗެލެންޖް ދަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން: އެލެން ޕާމަރ
ކަލިނަރީ ޗެލެންޖުގައި މިފަހަރު 650ށްވުރެ ގިނަ ބައިވެރިން
އެ ޗެލެންޖުގައި 20ށްވުރެ ގިނަ ޖަޖުން ބައިވެރިވި

ހޮޓެލް އޭޝިއާއާއި ކަލިނަރީ ޗެލެންޖް ދަނީ އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުންކަމަށް، ކަލިނަރީ ޗެލެންޖް ޕްރޮޖެކްޓުގެ ޑައިރެކްޓަރު އެލެން ޕާމަރ ވިދާޅުވެއްޖެއެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ކަލިނަރީ ޗެލެންޖް ފަށާފައިވަނީ 40 ބައިވެރިންނާ އެކުގައި ކަމަށާއި، ކަލިނަރީ ޗެލެންޖް ފެށި ހިސާބުން މިހިސާބަށް އައިއިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ފެންނަމުންދާ ކަމަށެވެ. މަދު ސްޓޯލްތަކަކާއެކު ފެށި މި މަސައްކަތް މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށާއި އެކަމާއި އުފާކުރައްވާ ކަަމަށެވެ. ހަމައެފަދައިން ހޮޓެލް އޭޝިއާވެސް އަހަރަކަށްވުރެ އަހަރެއް ފުޅާވެ ކުރިއަރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހޮންކޮންގއާއި ދުބާއީފަދަ ތަންތަނުގައި ރާއްޖޭގެ ޝެފުންނަށް ތަފާތު ޗެލެންޖްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީފައިވާނެކަަމަށް ވިދާޅުވިއެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގެ އެކި ކެޓެގަރީތަކުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް ބުދަ ދުވަހުގެ ރޭ ވަނީ އިނާމު ހަވާލުކޮށްފައެވެ.

Advertisement

650ށްވުރެ ގިނަ ބައިވެރިންނާއެކު މިފަހަރުގެ ކަލިނަރީ ޗެލެންޖް ކުރިއަށްދިޔައިރު، 20ށްވުރެ ގިނަ ޖަޖުން ބައިވެރިވިއެވެ. އޭގެތެރެއިން 12 ޝެފުންނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ޝެފުންނެވެ. މި ޗެލެންޖްގެ ޒަރީއާއިން، ރާއްޖޭގައި ފެންވަރު ރަނގަޅު ޝެފުން އުފެއްދުމާއި މި ދާއިރާއަަށް އާއްމުންގެ ޝައުގުވެރިކަން އުފެއްދުމަށް މަގުފަހިވާކަމަށް ޕާމަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހޮޓެލް އޭޝިއާ 2022އަކީ 150ށްވުރެ ގިނަ ކުންފުންޏާއި 500ށްވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަރނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަންކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް