ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 11:57
ވެމްކޯއާއި ޔޫތު މިނިސްޓްރީ ވާދަކުރި މެޗުގެ ތެރެއިން
ވެމްކޯއާއި ޔޫތު މިނިސްޓްރީ ވާދަކުރި މެޗުގެ ތެރެއިން
ޔޫތު މިނިސްޓްރީ
18/30 ވިމެންސް ފުޓްސަލް ފިއެސްޓާ
ޔޫތު މިނިސްޓްރީ ކޮޅަށް ވެމްކޯއިން 23 ލަނޑު!
 
އެމްޕީއެލް އަތުން މޮޅުވީ ފެނަކަ

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި ވެމްކޯއިން ޔޫތް މިނިސްޓްރީ ކޮޅަށް 23 ލަނޑު ޖަހައިފިއެވެ. މެޗު ވެމްކޯއިން ކާމިޔާބުކުރީ 23-0 ނެވެ.

މެޗުގައި ތަނަފޮން ޗަންޖައެން ހަތް ލަނޑު ޖެހިއެވެ. ޑަރިކަ އަދި އައިމިނަތު ފަޒުލާ, ކޮންމެ ކުޅުންތެރުއަކު ފަސް ލަނޑު ޖެހިއެވެ. ވެމްކޯގެ ފުރަތަމަ މެޗު އެމްޕީއެލްއާ ވާދަކޮށް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

ފުރަތަމަ މެޗުގައި ސިފައިން އަތުން ބަލިވި ފެނަކަ ވަނީ ދެވަނަ މެޗުގައި 3-2 ން އެމްޕީއެލް ބަލިކޮށްފައެވެ. ފެނަކައިގެ ތިން ލަނޑު ޖެހީ ރާނީ މުލްޔާ ސާރީއާއި, ޖިރަފްރަފާ ތުޕްސޫރީއާއި, ޝަހުލާ ތައުފީގެވެ. އެމްޕީއެލްގެ ދެ ލަނޑު ޖެހީ ފަރަހު އަހުމަދާއި, ފާތިމަތު ޖޫޒާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް