ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 11:42
އިމިގްރޭޝަންއާއި އެސްޓީއޯ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އިމޭޖަރސް
އިމިގްރޭޝަންއާއި އެސްޓީއޯ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އިމޭޖަރސް
އިމޭޖަސް.އެމްވީ
ކްލަބް މޯލްޑިވްސް ކަޕް
ވެމްކޯއާއި އާރުއާރުސީ ދެވަނަ މެޗުން ވެސް މޮޅު
އިމިގްރޭޝަން އަތުން މޮޅުވީ އެސްޓީއޯ

ކްލަބް މޯލްޑިވްސްކަޕްގައި ވަރުގަދަ ދެބާރުކަމަށްވާ ވެމްކޯއާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އޭގެ ވެމްކޯ މެޗު ކާމިޔާބުކުރީ ކްލަބް ފެންއާއި ވާދަކޮށް 2-0 ނެވެ. ފުރަތަމަ މެޗު ކާމިޔާބުކުރި ފެން ކްލަބް ކޮޅަށް ވެމްކޯގެ ދެ ލަނޑު ޖެހީ އަބުދުالله ޝައްފާންއެވެ. އެކަމަކު މެޗުގެ މޮޅު ކުޅުންތެރިއަކީ އިބްރާހީމް މަހުދީ ހުސެއިންއެވެ.

އާރުއާރުސީ ދެވަނަ މެޗު މީޑިޔާނެޓާ ވާދަކޮށް ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެއީ 9-1 ނެވެ. މެޗުގައި އިބްރާހީމް އަސްވަދު ތިން ލަނޑު ޖެހިއެވެ. ހިސާމް ސަލީމް ދެ ލަނޑު ޖެހިއެވެ. އެހެން ލަނޑުތައް ޖެހީ އާދަމް ނާސިހު, އިބްރާހީމް ސިނާހު, އަލީ ހާފިޒު އަދި އިބްރާހީމް މައިސާންއެވެ.

މުބާރާތުގައި ޓީމް އެލައިޑް ވަނީ 13-0 ން މުލީއާގެ ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. މެޗުގައި ހުސެއިން އަލީ ފަސް ލަނޑު އަދި ހަސަން ނަޒީމް ހަތަރު ލަނޑު ޖެހިއެވެ. މުޙައްމަދު އިސާމް ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ އަމްޖަދުއާއި, އަލީ އަޖުލާންއެވެ. މިގްރޫޕްގައި ކްލަބް އިމިގްރޭޝަން އަތުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް މޮޅުވީ 4-0 ނެވެ. މެޗުގައި އިސްމާއީލް އީސާއާއި ހުޒައިފަތު ރަޝީދު, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ ހަސަން މުޙައްމަދެވެ.

ގްރޫޕް ޖީގައި ދިވެހި ސިފައިންގެ ކްލަބް އަތުން އެޗްޑީސީ މޮޅުވީ 3-1 ނެވެ. މިގްރޫޕްގައި ކްލަބް ޓޯޓަލް ޓްރާންސްޕޯރޓް ސޮލިއުޝަން މޯލްޑިވްސް (ޓީޓީއެސް) އަތުން އެމްއެމްއޭ ސޯޝަލް ކްލަބް 6-4 ން މޮޅުވިއެވެ.

- ކޮމެންޓް