ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 10:11
ވޯލްޑް ޗެެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޝޫޓިން ޓީމު
ވޯލްޑް ޗެެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޝޫޓިން ޓީމު
ޝޫޓިން ވޯލްޑް ޗެމްޕިއަންޝިޕް
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޝޫޓިން ޓީމު މިޞްރަށް
 
ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް

ޝޫޓިން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޝޫޓިން ޓީމު މިޞްރަށް ގޮސްފިއެވެ.

އިންޓަރނޭޝަނަލް ޝޫޓިން ސްޕްޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) އިން ބާއްވާ މި ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ދާނީ މިޞްރުގެ ޤާހިރާގައެވެ. ރާއްޖެއިން މުބާރާތުގައި ވާދަ ކުރާނީ އެއް ފިރިހެން ޝޫޓަރަކާއި ދެ އަންހެން ޝޫޓަރުން ހިމެނޭ ތިން ޝޫޓަރުންގެ ޓީމެކެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ 10 މީޓަރު އެއަރ ފިސްޓޯލް ބައިގަ ވާދަކުރާނެ ފިރިހެން ޝޫޓަރަކީ ޒިޔާން ޒިޔާއުއެވެ. މުބާރާތުގެ 10 މީޓަރު އެއަރ ރައިފަލް ބައިގަ ވާދަކުރާ ރާއްޖޭގެ އަންހެން ޝޫޓަރުންނަކީ އާސިފާ ޖައުފަރާއި، ޝަރަފިއްޔާ ޢަބްދުލް ރަހުމާނުއެވެ.

މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ކޯޗެއްގެ ގޮތުގައި އިރުޝާދެ ދޭނީ ހަސަން އަބްދުލް ގަފޫރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް