ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:43
އެތުލެޓިކޯގެ ކޯޗު ސިމިއޯނީ
އެތުލެޓިކޯގެ ކޯޗު ސިމިއޯނީ
ޓްވިޓަރ
އެތުލެޓިކޯ މެޑްރިޑު
އެތުލެޓިކޯ ނޫން ކުލަބެއްގައި މަސައްކަތް ކުރުން ތަސައްވަރު ވެސް ނުކުރެވޭ: ސިމިއޯނީ
 
ސިމިއޯނީ ބުނީ އޭނާ އިރުޝާދު ދޭން ބޭނުންވާ ކުލަބަކީ އެތުލެޓިކޯ ކަމަށް

އެތުލެޓިކޯ މެޑްރިޑު ނޫން އެހެން ކުލަބެއްގައި މަސައްކަތް ކުރުމަކީ އޭނާ އަށް ތަސައްވަރު ވެސް ނުކުރެވޭ ކަމެއް ކަމަށް ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބުދަ ދުވަހުގެ ރޭ ކުލަބް ބްރޫޖާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެ ޕްރެސްގައި ސިމިއޯނީ ބުނީ އޭނާ އިރުޝާދު ދޭން ބޭނުންވާ ކުލަބަކީ އެތުލެޓިކޯ ކަމަށެވެ. އަދި މިހާރު އެ ކުލަބަށް ޚާއްސަ ލޯތްބެއް އޮންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑު ނޫން އެހެން ކުލަބެއްގައި މަސައްކަތް ކުރުމަކީ އަހަރެންނަށް ތަސައްވަރު ވެސް ކުރެވޭ ކަމެއް ނޫން.
ޑިއޭގޯ ސިމިއޯނީ / އެތުލެޓިކޯ މެޑްރިޑުގެ ކޯޗު

މީގެ އިތުރުން ސިމިއޯނީ ވަނީ މެޗުގެ ފުރަތަމަ 11 އާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ފުރަތަމަ 11 ގައި ޔާއޮ ފެލިކްސް ނުހިމެނީ ސަބަބެއް އޮތުމުން ކަމަށެވެ. އެއީ އަދި ވެސް ފެލިކްސް މުޅިން ރަނގަޅު ނުވާތީކަން ފާހަގަކޮށް އޭނާ ބުނީ، އޭނާ އާއެކު ދެން ތިބި ކުޅުންތެރިން މިވަގުތު މާ ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. އެކަން އެގޮތަށް ނިންމީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ އަށް އެކަން ޤަބޫލު ވެސް ކުރެވޭތީ ކަމަށް ސިމިއޯނީ ބުންޏެވެ.

ދެ ވަނަ ލެގުގައި ބްރޫޖާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ ލެގުގައި ބްރޫޖުން ވަނީ އެތުލެޓިކޯ ބަލިކޮށްފައެވެ. މި ވަގުތު އެތުލެޓިކޯ އޮތީ ގްރޫޕްގެ ފުލުގައެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ ކުލަބް ބްރޫޖް ބަލިކޮށްގެން އެ ޓީމަށް އުންމީދެއް ހޯދޭނެއެވެ. އެ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް