ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:10
ޑޯޓްމަންޑު އަދި ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން
ޑޯޓްމަންޑު އަދި ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ދެ ވަނަ ލެގުގައި ސެވިއްޔާ އިން ޑޯޓްމަންޑާ އެއްވަރުކޮށްފި
 
ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމު ސެވިއްޔާއާ އެއްވަރުވީ 1-1 އިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގެ ދެ ވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ސެވިއްޔާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ދެ ވަނަ ލެގުގައި ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމު ސެވިއްޔާއާ އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ވަނީ ސެވިއްޔާގެ ދަނޑުގައި 4-1 އިން އެ ޓީމު ބަލިކޮށްފައެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސެވިއްޔާ އިންނެވެ. އެއީ މެޗުގެ 18 ވަނަ މިނެޓުގައި އީވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއާންޒޯ ޖެހި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 35 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމްއެވެ.

މެޗުން އެއްވަރުގެ ޑޯޓްމަންޑު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. ދެ ޕޮއިންޓާއެކު ސެވިއްޔާ އޮތީ ތިން ވަނައިގައެވެ. މި ގްރޫޕްގެ އެއް ވަނައިގައި 10 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ފުލުގައި ދެ ޕޮއިންޓާއެކު އޮތީ ކޯޕަންހޭގަންއެވެ.

ޑޯޓްމަންޑާއި ސެވިއްޔާގެ މެޗު އެއްވަރުވުމުން މެންޗެސްޓަރ ސިޓީ އަށް ވަނީ އަނެއް ބުރުގެ ޖާގައެއް ޔަގީންވެފައެވެ. މި ގްރޫޕުން ދެން ފުރުސަތު ބޮޑީ ޑޯޓްމަންޑަށެވެ. އެއީ ބާކީ ދެ މެޗުން ބަލިނުވެ، އެ ޓީމަށް އަނެއް ބުރަށް ދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް