ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 05:48
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކޯޓަށް ހާޒިރުވެވަޑައިގަތުން
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކޯޓަށް ހާޒިރުވެވަޑައިގަތުން
ރޮއިޓާސް
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު
އިމްރާން ޚާންއަށް ފަންޑުތައް ލިބުނު ކަމުގެ ތުހުމަތު
 
އިމްރާން ޚާންގެ އިތުރުން އޭނާގެ ޕާޓީގެ އިސްވެރިންގެ މައްޗަށް ވެސް އެ ތުހުމަތު ކޮށްފައިވޭ

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ބޭރު ޤައުމުތަކުން ފަންޑުތައް ލިބުނު ކަމުގެ ތުހުމަތުތަކެއް ކުރެވިއްޖެއެވެ.

ދަ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން ވަނީ އިމްރާން ޚާންގެ އިތުރުން އޭނާގެ ޕާޓީގެ އިސްވެރިންގެ މައްޗަށް ވެސް އެ ތުހުމަތުތައް ކޮށް، ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެގޮތުން އިސްލާމާބާދްއަށް މައްސަލަ ހުށަހަޅާފައިވާއިރު ރިޕޯޓްގައިވާގޮތުން ވޫޓޮން ކްރިކެޓް ލިމިޑަޓްގެ ވެރިޔާ އާރިފް މަސްދޫގް ނަގްވީ ވަނީ "ތެހްރީކް އެ އިންސާފް" ޕާޓީގެ ނަމުގައި ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައެވެ.

މީގެއިތުރުން ފޮރިން އެކްސްޗޭންޖް ޤާނޫނާ ޚިލާފަށް ޝައްކު ކުރެވޭ އެކައުންޓްތަކުގެ "ބެނިފިޝަރީއަށް" އެޕާޓީގެ ލީޑަރުންގެ ނަން ހިމަނާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ މަހު އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިމްރާން ޚާންގެ ޕާޓީއަށް ފަންޑު ލިބިފައިވާ ކަމަށް ވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް