ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 14:37
އެމްއެންޔޫގެ ދަރިވަރުންތަކެއް
އެމްއެންޔޫގެ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
ރާއްޖޭގެ މަތީ ތައުލީމު
ކޮލެޖް، ޔުނިވަސިޓީއަކަށް ބަދަލުވާ މުއްދަތު ކުޑަކުރަން ހުށަހެޅި ބިލް ދިރާސާކުރުމަށް ކޮމިޓީއަށް
ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް
ބިލުގައި ބުނެފައިވަނީ ކޮލެޖެއް ހިންގާތާ 20 އަހަރުވުމުން ޔުނިވަރސިޓީއަކަށް ބަދަލުވާން އޮންނަ މުއްދަތު 15 އަހަރަށް ކުޑަކުރުމަށް

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި މިބިލް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ. މި ބިލުގައި ބުނެފައިވަނީ ކޮލެޖެއް ހިންގާތާ 20 އަހަރުވުމުން ޔުނިވަރސިޓީއަކަށް ބަދަލުވާން އޮންނަ މުއްދަތު 15 އަހަރަށް ކުޑަކުރުމަށެވެ. މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީއަކުން ހިންގަން ޖެހޭނެކަމަށެވެ.

އިސްލާހުގައި ބުނާ ގޮތުން މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލް އަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާން ޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާއަތްތަކާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން އެކޮލެޖެއްގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒިފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

މިބިލްގެ ބަހުސްގެ މަރުހަލާގައި މެމްބަރުން ވަނީ ބިލަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް